Roadha Mihaaru
ހަބޭސްގެ "ފޭން ނައިޓް" 8 ވަނަ ދުވަހުގެ ރޭ

ހަބޭސް ބޮޑުބެރުގެ "ފޭން ނައިޓް" 8 ވަނަ ދުވަހުގެ ރޭ

04 ސެޕްޓެމްބަރ 2018

ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހަބޭސް ބޮޑުބެރު ބޭންޑުން ފޭނުންނަށް ހާއްސަކޮށްގެން ބާއްވާ "ފޭން ނައިޓް" މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހަބޭސް ބޮޑުބެރު ބޭންޑުން ފޭނުންނަށް ހާއްސަކޮށްގެން ބާއްވާ "ފޭން ނައިޓް" މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ހަބޭސްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނީ ބޭންޑްގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ބާއްވާ "ފޭން ނައިޓް" އޮންނާނީ ސީ ހައުސް ރެސްޓޯރަންޓްގައި ކަމަށެވެ. ވަރަށް ކުލަގަދަކޮށް، ތަފާތު އިނާމުތައް ވެސް ލިބޭ ގޮތަށް އިވެންޓް ކުރިއަށް ދާނީ ރޭގަނޑު 9:00-12:00 އަށެވެ.

"މިއީ ހަމަ ހަބޭސްގެ ހުރިހާ ފޭނުންނަށް އޮތް އިންވިޓޭޝަނެއް. އަށް ވަނަ ދުވަހުގެ ރޭ ސީ ހައުސް އަށް ގޮސް އިވެންޓްގައި ބައިވެރިލައި، އެންޖޯއިކޮށްލައިގެން އިނާމުތަކެއް ވެސް ހޯދޭނެ،" އޭނާ ބުންޏެވެ. "އިވެންޓަށްދާ ކޮންމެ މީހަކަށް އަހަރެމެން ދޫކުރާނަން ކޫޕަނެއް."

ހަބޭސް ބޮޑުބެރުގެ 7 ވަނަ އަހަރީ ދުވަހަކީ އޮގަސްޓް 7.

އައްޔަ ބުނި ގޮތުގައި "ފޭން ނައިޓް" ގެ ހަބޭސްގެ ބޭންޑްތައް ކަމަށްވާ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަންގެ އިތުރުން ހަބޭސްއާ ދާދި ފަހުން ކޮލަބަރޭޝަން ހެދި މަޝްހޫރު ރޮކް ބޭންޑް "ޓްރެފިކް ޖޭމް" ގެ އައިޓަމްތަކެއް ފެނިގެން ދާނެ އެވެ.

ރާއްޖޭގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ހަބޭސް ބޮޑުބެރުގެ އަހަރީ ދުވަހަކީ އޮގަސްޓް 7 އެވެ.