Roadha Mihaaru
ވޯޓުގެ ކުރިން އޭ380 އެއާޕޯޓުގައި ޖައްސާނެ: ރައީސް

ވޯޓުގެ ކުރިން އެންމެ ބޮޑެތި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާނެ: ރައީސް

04 ސެޕްޓެމްބަރ 2018

މި މަހުު 23 ގައި ނަގާ ރިޔާސީ އިންތިޚާބުގެ ވޯޓު ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ380 ޖައްސަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އދ. މާމިގިލީގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި މަހުު 23 ގައި ނަގާ ރިޔާސީ އިންތިޚާބުގެ ވޯޓު ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ380 ޖައްސަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އދ. މާމިގިލީގައި ވިދާޅުވެއްޖެ އެވެ.

މާމިގިލީގެ ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވަން އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ އެހެން ހަރުފަތަކަށް ރާއްޖެ ގެންދެވިއްޖެ ކަމަށެވެ. އެއް މިސާލުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނަންގަވައި ވިދާޅުވީ ވޯޓުގެ ކުރިން "އެންމެ ބޮޑެތި މަތިންދާ ބޯޓު ދިވެހިރާއްޖޭގެ އެއާޕޯޓުގައި ޖައްސާނެ" ކަމަށެވެ.

"މިއީ، ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ފަދަ ކަމެއް ނޫންތޯ މީގެ ކުރީގެ ވިސްނުމުގައި ތިބި ނަމަ. އެކަމަކު މިއަދު މިދައްކަނީ އެންމެ ބޮޑު މަތިންދާ ބޯޓު ޖައްސާނެ ވާހަކަ. އެހެންވީމަ ދެން ނެތެއް ނޫންތޯ އިތުރަށް ދައްކާނެ ވާހަކައެއް،" ތަރައްގީގެ މަޝްރޫއުތަކަށް ބާރު ދެއްވަން ވިދާޅުވި އެވެ.

ރައީސް ޔާމީން، ތޮއްޑުއަށް މިއަދު ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ތޮއްޑުއަށް މިއަދު ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެންމެ ބޮޑެތި ބޯޓުފަހަރު، އޭ-380 އަކީ ގާތްގަނޑަކަށް އެއްފަހަރާ 700 ފަސެންޖަރުންނެވެ. ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށް، އެއާޕޯޓު ތަރައްގީކުރަމުން އަންނަނީ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ތަރައްގީގެ ވިސްނުމުގަ އެވެ. ދެތިން އެއާޕޯޓާ އެކު ތިބެން ދިވެހިން ބޭނުން ނުވާ ކަމުގެ ހެއްކަކީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން، ސަލާންކުރާ ސަފުގައި ހުންނަ އެންމެ ކުޑަ ކުއްޖާ ވެސް ދެތިން ހަތަރު މަތިންދާ ބޯޓު ކުރަހާފައި އޮންނަ ގަނޑެއް އެމަނިކުފާނަށް ދެއްވުން ކަމަށް ވިދާޅުވި އެވެ.

އެ ވިސްނުން ދޫކޮށްލައި، ބޯދާ ވިސްނުމަށް މިސްރާބު ޖަހައި ޣާފިލް ނުވާން ރައީސް އެދިވަޑައިގަތެވެ. މާމިގިލީ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އިތުރު ދައުރަކަށް ހޮއްވަވައި ދެއްވުމަށެވެ.