Roadha Mihaaru
ބޭނުންކުރެވޭ ރިޒާވް 11 ޕަސެންޓް ދަށަށް

ޑޮލަރު ވިއްކުމުން ބޭނުންކުރެވޭ ރިޒާވް 11 ޕަސެންޓް ދަށަށް ހިނގައްޖެ

06 އޯގަސްޓް 2016

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ވިއްކުން އިތުރުވުމުން މިދިޔަ ޖޫން މަހު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 11 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މަރުކަޒީ ބޭންކުން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިދިޔަ ޖޫން މަހު، ވަގުތުން ބޭނުންކުރަން ހުންނަ ރިޒާވް 209.4 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ. އެކަމަކު، އޭގެ ކުރީ މަހާ އަޅާބަލާއިރު، ބޭނުންކުރެވޭ ރިޒާވް އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުންނަ ޑޮލަރު އެމްއެމްއޭ އިން އާއްމުކޮށް ވިއްކަނީ ބޭންކުތަކަށާއި ކާޑާއި ތެލުގެ ބާވަތްތަކުގެ އިތުރަށް ބޭސް އެތެރެކުރުމަށް އެސްޓީއޯއަށެވެ. އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ވިޔަފާރި މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ވެސް އެމްއެމްއޭ އިން ވިއްކަމުން ގެންދެ އެވެ.

އެމްއެމްއޭ އިން ބުނީ ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 622.6 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއީ މިިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 13 ޕަސެންޓް ދަށް އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިގްތިސާދަށް ބޭނުންވާ ޑޮލަރު ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުން ޓީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ޑޮލަރު ލިބޭ މިންވަރު ދަށްވުމުންނެވެ.