04 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން މިރޭ 2-0 އިން ބޫޓާން އަތުން މޮޅުވިއިރު، މެޗުގައި ފަނަރަ ހާހަށް ވުރެން ގިނަ ސަޕޯޓަރުން ބަންގްލަދޭޝަށް ހިތްވަރުދޭން ދަނޑަށް ވަނެވެ. މެޗަށް ފަހު ބަންގްލަދޭޝްގެ އިންގްލެންޑް ކޯޗު ޖޭމީ ޑޭ ވަނީ ސަޕޯޓަރުން ދިން ހިތްވަަރަށް ޝުކުރު އަދާކޮށްފަ އެވެ.
ސާފް ސުޒުކީ ކަޕްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން މިރޭ 2-0 އިން ބޫޓާން އަތުން މޮޅުވިއިރު، މެޗުގައި ފަނަރަ ހާހަށް ވުރެން ގިނަ ސަޕޯޓަރުން ބަންގްލަދޭޝަށް ހިތްވަރުދޭން ދަނޑަށް ވަނެވެ. މެޗަށް ފަހު ބަންގްލަދޭޝްގެ އިންގްލެންޑް ކޯޗު ޖޭމީ ޑޭ ވަނީ ސަޕޯޓަރުން ދިން ހިތްވަަރަށް ޝުކުރު އަދާކޮށްފަ އެވެ.
މީގެ ހަފްތާއެއް ކުރިން ބަންގްލަދޭޝް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސްރީލަންކާ އަތުން ބަލިވުމުން ސަޕޯޓަރުންގެ ނުރުހުންވުންތަކެއް ހުރިކަން މެޗުގެ ކުރިން ޑޭ ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ފަހަރުގެ މުބާރާތުގައި ބަންގްލަދޭޝަށް ރަނގަޅު ކާމިޔާބެއް ހޯދޭނީ ސަޕޯޓަރުންގެ އެހީއާ އެކު ކަމަށް ވެސް ބުންޏެވެ.
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުން 2016 ވަނަ އަހަރު ބޫޓާން ވަނީ އަމިއްލަ ދަނޑުގައި ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެ މެޗުގެ ބަދަލުހިފުމެއްގެ ވާހަކަ މެޗުގެ ކުރިން ދެކެވުނުއިރު، މެޗުން މޮޅުވުމުން ޑޭ ބުނީ އޭނާގެ ވިސްނުމުގައި އެ ފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"މިއީ އާ ޓީމެއް. ތެދެއް މީގެ 23 މަސް ކުރިން އަހަރެމެން ބޫޓާން އަތުން ބަލިވީ. އެކަމަކު މި މެޗުން އަހަރެމެން މޮޅުވެއްޖެ. ބަދަލު ހިފުމުގެ ވާހަކަ އަހަރެން ނުދައްކާނަން. އެއީ ކުރިން ތިބީ އެހެން ބަޔަކު އެހެން ޓީމެއް. އަނެއްކާ ވެސް އަހަރެމެން ބޫޓާން އަތުން ބަލިވެފައި މޮޅުވެދާނެ. އެއީ ފުޓްބޯޅައިގައި ކަންތައްތައް ދާނެގޮތް،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑޭ ބުންޏެވެ.
އޭނާ ބުނީ މި މެޗުން ލިބުނު މޮޅަކީ އެންމެ ރަނގަޅު ވަގުތުގައި ޓީމުން ދެއްކި ހިތްވަރުން ހާސިލްކުރެވުނު ކަމެއް ކަމަށާއި އޭގެ ބޮޑު ކްރެޑިޓެއް ސަޕޯޓަރުންނަށް ވެސް ދޭން ޖެހޭނެ ކަމަށެވެ.
"އަހަރެމެން އެންމެ ރަނގަޅު ވަގުތުތަކުގައި ލަނޑު ޖަހާފައި ހުރީ. އެއީ މޮޅުވުމުގެ އެއްބައި ދެން އޮތް ބަޔަކީ ސަޕޯޓަރުން ދިން ސަޕޯޓް. ހަގީގަތުގައި އެ މީހުން ވެސް މި މެޗުގައި ދަނޑަށް އައިސް ތަފާތު ދައްކައިފި. ކުރިއަށް އޮތީ ވަރަށް އުނދަގޫ ދެ މެޗު. އަހަރެން އުއްމީދުކުރަނީ އެ ދެ މެޗުގައި އިތުރު ސަޕޯޓަރުން ވަދެ އަހަރެމެންނަށް އިތުރު ހިތްވަރެއްދޭނެ ކަމަށް،" ޑޭ ބުންޏެވެ.
ބޫޓާނުގެ ކޯޗު ޓްރެވާ މޯގަން ބުނީ އޭނާގެ ޓީމުގެ ކިބައިގައި މެޗުގެ ހާލަތްތައް ދެނެގަންނާނެ ފަދަ ގާބިލުކަމެއް ނެތްކަން އެނގިގެންދިޔަ ކަމަށެވެ.
"އަހަރެމެން ކޮޅަށް ލަނޑު ވަދެފައި މިހުރީ އެންމެ ބޭނުންނުވާ ވަގުތުގައި. މެޗު ފެށުމުގެ ކުރިން އަހަރެން ކުޅުންތެރިން ކައިރީގައި ބުނީ 20 ވަރަކަށް މިނިޓް ލަނޑެއް ވަނަނުދީ ހިފަހައްޓައިލަން. އެކަމަކު ފެނުނީ ދެ މިނިޓް ނުވަނީސް ޕެނަލްޓީއެއް ދިންތަން. އަލުން ހަމަޖެހިލައިގެން ދެ ވަނަ ހާފަށް އެރިތަނުން އިތުރު ލަނޑެއް ވަދެފި. އެ ހިސާބުން އަލުން އަރައިގަންނަން ފަސޭހައެއްނުވި،" މޯގަން ބުންޏެވެ.
އޭނާ ބުނީ މި މެޗުގައި އެ ޓީމުގެ ތަރި ޗެންޗޯ ގެޔެސްޓެން އަށް ލިބުނު ބޯޅަތަކުގެ ބޭނުން އޭނާ އަށް ނުހިފުނު ނަމަވެސް ޖުމްލަކޮށް ބަލާއިރު އޭނާ ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އަދި މި ހިސާބުން އޭނާގެ ޓީމަށް ހުރިހާ ފުރުސަތެއް ގެއްލުނު ކަމަށް ނުދެކޭނެ ކަމަށާއި އަދިވެސް އުއްމީދު އެބައޮތް ކަމަށް ބުންޏެވެ.
މި ގްރޫޕްގައި ދެން ކުޅޭ މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ބަންގްލަދޭޝް ކުޅޭނީ މިއަދު ނޭޕާލް އަތުން 2-1 އިން މޮޅުވި ޕާކިސްތާންއާ އެވެ. އަނެއް މެޗުގައި ބޫޓާން ބައްދަލުކުރާނީ ނޭޕާލާ އެވެ.
ބަންގްލަދޭޝްގެ ކޯޗުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަނީ
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
އަތްއުރާލައިގެން ތިބެވެން ނެތް: ބަންގްލަދޭޝް ކޯޗު
ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް
ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި
ބޫޓާނާއި ބަންގްލަދޭޝް: ބަދަލުހިފުމުގެ މެޗެއް؟
ބޮޑު ދެ މުބާރާތަށް ބަންގްލަދޭޝް ކޯޗު ކެތްމަދުވެފައި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން