14 ސެޕްޓެމްބަރ 2018
އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ބަންގްލަދޭޝް ޓީމަށް އެކަށީގެންވާ ކާމިޔާބެއް ނުލިބޭތީ އެ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭގެ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމަން އޭނާއާ މަޝްވަރާ ކުރަން ބަންްގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ބަންގްލަދޭޝް ޓީމަށް އެކަށީގެންވާ ކާމިޔާބެއް ނުލިބޭތީ އެ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭގެ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމަން އޭނާއާ މަޝްވަރާ ކުރަން ބަންްގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަނަ އަށް ދިޔަ ނޭޕާލާއި ދެ ވަނަ އަށް ދިޔަ ޕާކިސްތާން އަދި ތިން ވަނަ ދިޔަ ބަންގްލަދޭޝް އަށް ލިބުނީ ހަ ޕޮއިންޓެވެ. ނޭޕާލަށް އެއް ވަނަ ލިބުނީ ފައިދާ ފަސް ގޯލު އޮތުމުންނެވެ. ޕާކިސްތާނަށް ތިން ފައިދާ ގޯލު އޮތްއިރު، ބަންގްލަދޭޝަގެ އޮތީ ފައިދާ އެންމެ ދެ ގޯލެވެ. ގްރޫޕުގެ އެންމެ ފުލުގައި ނިންމީ ލަނޑެއް ވެސް ނުޖެހި ތިން މެޗުން ބަލިވި ބޫޓާން އެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ އިދާރާގެ ރައީސް ކާޒީ ސަލާހުއްދީން އެ ގައުމުގެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ ސާފްގެ ނާކާމިޔާބީއާ ގުޅިގެން މާފަށް އެދޭ ކަމަށެވެ.
"އަހަރެމެން ވަރަށް ގިނަ ކަންތައްތައް ކޮށްދީފިން ގައުމީ ޓީމަށް. އެކަމަކު އެ މީހުންނަށް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ނުދެވުނު. އެހާ އަވަހަށް މުބާރާތުން ކެޓުމަކީ އަހަރެމެންގެ އެންމެނަށް ލިބުނު މާޔޫސްކަމެއް އަދި ދެރައެއް. އަހަރެން އެކަން ބަލާނަން. ކޯޗާ މަޝްވަރާ ވެސް ކުރާނަން،" ސަލާހުއްދީން ވިދާޅުވި އެވެ.
ގްރޫޕްގެ ފަހު މެޗުގައި ނޭޕާލް އަތުން ބަންގްލަދޭޝް ބަލިވި މެޗަށް ފަހު އެ ގައުމުގެ ގިނަ ނޫސްވެރިންގެ ފާޑުކިޔުން ޑޭ އަށް އަމާޒުވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ޑޭ ބުނީ އޭނާ ހަވާލުވި ފަހުން އެ ގައުމުގެ ފުޓްބޯޅަ އަށް ގިނަ ކުރިއެރުންތަކެއް ލިބުނުއިރު ވެސް ތައުރީފުގެ ބަހެއް ނުލިބޭ ކަމަށެވެ. އެންމެން ވެސް ބަލަނީ ހާސިލްނުވެ އޮތް ކަމެއްގެ ވާހަކަ ދެއްކުމަށް ކަމަށް ބުންޏެވެ.
މިދިޔަ މެއި މަހު ބަންގްލަދޭޝްގެ ކޯޗު ކަމާ ޑޭ ހަވާލުވިއިރު، އޭނާއާ މެދު ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހިތްހަމަ ޖެހުނީ އޭނާގެ ތަޖުރިބާ މަދު ނަމަވެސް ކޯޗިންގައި އޭނާ ކުރަމުން އަންނަ މަސައްކަތުން އިނގިރޭސި އެކި ކްލަބްތަކަށް ފައިދާތަކެއް ކޮށްފައިވާތީ އެވެ. ޑޭގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝްގެ ޒުވާން ޓީމު ވަނީ ގަތަރު ބަލިކޮށް އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރުގައި ކުޅެފަ އެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހީ ކާމިޔާބެކެވެ.
މި ވަގުތު ޑޭ ހުރީ ޗުއްޓީއެއްގަ އެވެ. އޭނާ އަލުން ޓީމާ ގުޅޭނީ އަންނަ ހަފްތާ ތެރޭގަ އެވެ. އެއީ އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ބަންގުބަންދު ގޯލްޑް ކަޕްގެ ޕްރެކްޓިސް ފެށުމަށެވެ.
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
އަތްއުރާލައިގެން ތިބެވެން ނެތް: ބަންގްލަދޭޝް ކޯޗު
ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް
ސަޕޯޓަރުން ވެސް ތަފާތު ދެއްކި: ބަންގްލަދޭޝް ކޯޗު
ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި
ބޫޓާނާއި ބަންގްލަދޭޝް: ބަދަލުހިފުމުގެ މެޗެއް؟
ބޮޑު ދެ މުބާރާތަށް ބަންގްލަދޭޝް ކޯޗު ކެތްމަދުވެފައި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން