09 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގައި މިރޭ ނޭޕާލް އަތުން 2-0 އިން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބަންގްލަދޭޝް ކެޓުމުން އޭގެ ޒިންމާ ވަކި ބަޔަކު ނަގަން ޖެހޭ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ބަލިވީ މުޅި ޓީމު ކަމަށް އެ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގައި މިރޭ ނޭޕާލް އަތުން 2-0 އިން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބަންގްލަދޭޝް ކެޓުމުން އޭގެ ޒިންމާ ވަކި ބަޔަކު ނަގަން ޖެހޭ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ބަލިވީ މުޅި ޓީމު ކަމަށް އެ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ ބުނެފި އެވެ.
ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަނަ އަށް ދިޔަ ނޭޕާލާއި ދެ ވަނަ އަށް ދިޔަ ޕާކިސްތާން އަދި ތިން ވަނަ ދިޔަ ބަންގްލަދޭޝް އަށް ލިބުނީ ހަ ޕޮއިންޓެވެ. ނޭޕާލަށް އެއް ވަނަ ލިބުނީ ފައިދާ ފަސް ގޯލު އޮތުމުންނެވެ. ޕާކިސްތާނަށް ތިން ފައިދާ ގޯލު އޮތްއިރު، ބަންގްލަދޭޝަގެ އޮތީ ފައިދާ އެންމެ ދެ ގޯލެވެ. ގްރޫޕުގެ އެންމެ ފުލުގައި ނިންމީ ލަނޑެއް ވެސް ނުޖެހި ތިން މެޗުން ބަލިވި ބޫޓާން އެވެ.
ފަހަކަށް އައިސް ބަންގްލަދޭޝް އިން ފުޓްބޯޅައިގައި ހޯދަމުން އަންނަ ކުރިއެރުމުގެ ސަބަބުން މި މުބާރާތަށް އައިއިރު ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންގެ އުއްމީދުތައް ހުރީ ވަރަށް މަތީގަ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ޖޭމީ ޑޭ އޭރުވެސް ބުނީ ފުރަތަމަ ވެސް މަސައްކަތްކުރަން ޖެހޭނީ ސެމީން ފުރުސަތު ހޯދުމަށް ކަމަށެވެ.
މި މެޗުގައި ނޭޕާލުން ޖެހި ފުރަތަމަ ގޯލަކީ ބަންގްލަދޭޝްގެ ކީޕަރު ޝާހިދުލް އާލަމް އަށް ހެދުނު ބޮޑު ގޯހަކުން ވަން ގޯލެކެވެ. ނޭޕާލްގެ ބިމަލް ގާތީ މަގަރް ޖެހި ހިލޭ ޖެހުމުން ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު ޝާހިދުލް އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ގިނަ ނޫސްވެރިން ވަނީ މި ބަލީގެ ޒިންމާ ނަގަން ޖެހޭނީ ކީޕަރުތޯ އަހައިފަ އެވެ.
"ދުނިޔޭގެ ފުޓްބޯޅައިގައި ވެސް މިކަން މިހެންވެދާނެ. އާންމުގޮތެއްގައި އެހެން އަންނަ 10 ބޯޅައިން ނުވަ ބޯޅަ އޭނަ ހިފާނެ. އެކަމަކު މި މެޗުގައި އެހެންވީ. އަހަރެން ނުބުނުނާނަން މި ބަލީގެ ޒިންމާ އޭނަ އެކަނި ނަގަންޖެހޭނެއެކޭ. މިއީ މުޅި ޓީމު ވީ ބައްޔެއް. ކީޕަރެއް ހަދާ ގޯހަކީ ސީދާ ގޯލެއް. އެކަމަކު ދަނޑުގެ އެހެން ދިމާލަކުން ހަދާ ގޯހަކުން އެހެން ނުވެދާނެ. ތެދެެއް ޝާހިދުލް ހެދި މިސްޓޭކްގެ ކުރި މެޗު އޮތީ ވަރަށް ހަމަހަމަކޮށް. އެ ހިސާބުން މެޗުގެ އޮއިވަރު ބަދަލުވި. އެކަކަމަކު ފަހުން ވެސް އަހަރެމެންނަށް ފުރުސަތު ލިބުނު. މިއީ އެކަކު ޒިންމާނަގަން ޖެހޭ ބައްޔެއް ނޫން،" އޭނާ ބުންޏެވެ.
ޖޭމީ ޑޭ ބުނީ ބަންގްލަދޭޝްއާ އޭނާ ހަވާލުވި ފަހުން މިވީ 16 ހަފްތާ ތެރޭގައި ވަރަށް ގިނަ ކުރިއެރުންތައް ހޯދައިދެވިއްޖެ ކަމަށާއި އެކަމަކު އަދިވެސް ގިނަ ނޫސްވެރިންގެ ވިސްނުން ހުރީ ގޯސްކޮށް ކަމަށެވެ. އަދި ޕާކިސްތާން އަތުން ހޯދުނު މޮޅަކީ ބޮޑު މޮޅެއް ކަމަށާއި އޭގެ އެއްވެސް ރަނގަޅު ވާހަކައެއްގެ އަޑެއް ނީވޭ ކަމަށް ބުންޏެވެ.
ބަންގްލަދޭޝްގެ ކީޕަރު ޝާހިދުލް (ކ)އާ ނޭޕާލްގެ ކުޅުންތެރިއަކު ސަލާމްކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
"އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރަށް ގެންގޮސްދީ މި ގައުމުގެ ފުޓްބޯޅަ ތާރީހު ލިޔެވިއްޖެ. މި މުބާރާތުގައި މިދިޔަ 10 އަހަރު ތެރޭ ނުވެ އޮތްކަމެއް ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަކީ. އެކަން ވެސް ކުރެވިއްޖެ. އެކަމަކު އަދިވެސް މި އިވެނީ ނުވެ އޮތް ކަންތައްތަކުގެ ވާހަކަ ގޯސް ވާހަކަ. ޕާކިސްތާންގައި ޔޫރަޕުގައި ކުޅޭ ފަސް ކުޅުންތެރިން ތިއްބާ އެ ޓީމު ބަލިކުރީމަ ވެސް ރަނގަޅު ބަހެއް ނުލިބުނު،" ހިތްހަމަނުޖެހިފައި ހުރެ ޖޭމީ ޑޭ ބުންޏެވެ.
މި ގްރޫޕުގައި ބަންގްލަދޭޝް އަށް ވުރެން އިތުރަށް ޕޮއިންޓް ލިބުނު ޓީމެއް ވެސް ނެތް ކަމަށާއި އެ ގޮތަށް އޮވެ މުބާރާތުން ވަކިވާން ޖެހުމުން އެންމެ މާޔޫސްވާ މީހަކީ އޭނާ ކަމަށް ޖޭމީ ޑޭ ބުންޏެވެ.
"އަހަރެމެންނާ އެއްވަރަށް ސެމީގައި ކުޅޭ ދެ ޓީމު ވެސް ޕޮއިންޓް ހޯދީ. ބައެއް ފަހަރު މި މުބާރާތުގެ ޝެޑިއުލް އޮތްގޮތުން ވެސް އަހަރެން ހައިރާންވޭ. އެއީ އަހަރެމެން ތިން މެޗު ކުޅެގެން ދެ މެޗުން މޮޅުވެގެން ވެސް ސެމީ އަށް ނުދެވޭ، އެކަމަކު ދެން އޮތް ގްރޫޕުގައި އެއް މެޗުން މޮޅުވެގެން ވެސް ސެމީގައި ކުޅެވޭ. މިއީ ޝަކުވާއެއް ނޫން. މި ވެސް މީގައި ކަން އޮތް ގޮތް،" ޖޭމީ ޑޭ ބުންޏެވެ.
އޭނާ ބުނީ ބަންގްލަދޭޝް ފުޓްބޯޅައިގައި ސީޒަނެއްގައި 25 ލަނޑު އަދި މުބާރާތެއްގައި ފަސް ވަރަކަށް ގޯލު ޖެހޭ ފެންވަރުގެ ފޯވާޑެއް ނެތްތާ 10 ވަރަކަށް އަހަރުވެއްޖެކަމަށާއި އޭނާ މި ޓީމާ ހަވާލުވިއިރު ވެސް އޮތް އެންމެ ބޮޑު ޗެލެންޖަކީ ފޯވާޑް ލައިން ކަމަށެވެ.
ނޭޕާލްގެ އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ ބުނީ މެޗުން މޮޅުވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ އެ މީހުންގެ ރޭވުމާ އެއްގޮތަށް ކުޅުންތެރިން ކުރި މަސައްކަތް ކަމަށެވެ.
"ކީޕަރު ހެދި މިސްޓޭކަކީ އެހެން ކަމެއް. އެކަމަކު އަހަރެމެންގެ ރޭވުންތަކާ އެއްގޮތަށް ދިޔައީމަ މޮޅުވީ. މެޗަށް ނުކުތީ މަރުގެ މެޗެއްކަން ދަނެގެން. އަނެއްކާ މިއަދު ބޫޓާން އަތުން ޕާކިސްތާން މޮޅުވީމަ. ޕްރެޝަރު ވެސް ބޮޑުވި. މެޗުން މޮޅުވުމުގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ މި ދަނޑަށް އަހަރެމެން ފަރިތަވުން. މި ދަނޑުގައި ކުޅެފައި ތިބި ގިނަ ކުޅުންތެރިން ތިބުން." އޭނާ ބުންޏެވެ.
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
އަމިއްލަ ގައުމުގައި ނުކުޅެވުނު ދެ ޓީމަށް ޕޮއިންޓެއް
ބަންގްލަދޭޝް ފައިނަލަށްދާން ރެފްރީ ބޭނުން ނުވީ: އޮސްކާ
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ
ބަންގްލަދޭޝްގެ ކޯޗުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަނީ
ނޭޕަލަށް މި ގެއްލުނީ ރަނުގެ ފުރުސަތެއް: ކޯޗު
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
ކިރަން އާއި ޝްރެސްތާ: ނޭޕާލުގެ މުހިއްމު ދެ ހަތިޔާރު