ސައޫދީ އަރަބިއްޔާ ސަރުކާރުން ރާއްޖެ އަށް މި އަހަރަށް ދިން 2،000 މީހުންގެ ކޯޓާގެ ތެރެއިން 1،000 ކޯޓާ ނުލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ހަމަޖެހި މި އަހަރު 2،000 މީހުންނަށް ހައްޖަށް ދެވޭ ގޮތް ހަމަޖެހިއްޖެ އެވެ.
ސައޫދީ އަރަބިއްޔާ ސަރުކާރުން ރާއްޖެ އަށް މި އަހަރަށް ދިން 2،000 މީހުންގެ ކޯޓާގެ ތެރެއިން 1،000 ކޯޓާ ނުލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ހަމަޖެހި މި އަހަރު 2،000 މީހުންނަށް ހައްޖަށް ދެވޭ ގޮތް ހަމަޖެހިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖުމްލަ 2،000 މީހުންގެ ކޯޓާ ރާއްޖެ އަށް ހަމަޖެހިފައިވާކަން ސައުދީގައި ހުންނަ ދިވެހި އެމްބަސީ އަށް ވަނީ އަންގާފަ އެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން މި ހަފުތާގައި ހައްޖު ޖަމާއަތްކަކަށް ކޯޓާ ދޫކުރަމުން ދާނެ ކަމަށް ވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ މި އަހަރު ރާއްޖޭން 2،000 މީހުން ހައްޖަށް ދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެންމެ ފަހު ވަގުތު ކޯޓާ މި ހަމަޖެހުނީ މި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ސައުދީ ރަސްގެފާނު ސަމްލާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ.
ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏަކަށް 2،000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އޭގެ ތެރެއިން ކުރިން ރާއްޖެ އަށް ކަށަވަރުވެފައި އޮތީ 1،000 ޖާގަ އެވެ. ބާކީ 1،000 ޖާގަ ހަމަނުޖެހި، ގިނަ ބަޔަކަށް ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު މިދިޔަ ހަފުތާގައި އުފެދުނެވެ.
ރާއްޖޭން ހައްޖަށް ދާ މީހުން މި މަހު 15 އިން ފެށިގެން ފުރަން ހަމަޖައްސާފައިވާ އިރު އެޑްވާންސް ޓީމުތައް އަންނަ ހަފުތާގައި ފުރަން ފަށާނެ އެވެ. އެޑްވާންސް ޓީމުތައް ވިސާ ޖަހަނީ، އެނގިފައިވާ ގޮތުގައި، ލަންކާގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށެވެ. ހައްޖާޖީންގެ ވިސާ ޖަހައިދިނުމަށް ސައޫދީ އަރަބިއްޔާ އިން ޓީމެއް މާލެ އަންނަ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ސައުދީން އިތުރު 1،000 ހައްޖު ކޯޓާ ރާއްޖެއަށް ދީފި
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް
ރާއްޖެ އަށް އިތުރު 1،000 ހައްޖު ކޯޓާ ލިބިއްޖެ
ރާއްޖޭގެ ހައްޖު ކޯޓާއަށް 1000 ޖާގަ އިތުރުކޮށްދެނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
ހައްޖު އެއްބަސްވުމުގައި ސޮއިކުރަން ޝަހީމް ސައުދީއަށް