ހުޅުމާލޭގައި މިރޭ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ފުރޮޅާލައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
10 ސެޕްޓެމްބަރ 2018
ހުޅުމާލޭގައި މިރޭ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ފުރޮޅާލައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
މަންޒަރު ދުށް މީހުން ބުނީ މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގީ ބަޔަކު ގޮވައިގެން، ހުޅުމާލޭ ނިރޮޅު މަގުން ރެހެންދި ސްކޫލާ ކައިރި ހިސާބަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ ދެ ފަރާތަށް ހޫރެމުން ގޮސް ފުރޮޅާލައިގެންނެވެ،
ވޭން ފުރޮޅައިލުމާ އެކު އޭގެ ދޮރުތަކާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ހުރީ ފުނޑުފުނޑުވެގެން މަގުމައްޗަށް ފައިބައިފަ އެވެ. އެ ސަރަހައްދުގައި ތިބި މީހުން ވަނީ، ވޭންގައި ތިބި މީހުން އޭގެ ތެރެއިން ނެރެފަ އެވެ، އަދި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.
މި ހާދިސާ ހިނގި އިރު އެ ވޭންގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. ނަމަވެސް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ހަތަރު މީހަކު ގެންދިޔަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ގައިގެ ތަަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތައް ހުއްޓެވެ.
ހުޅުމާލޭގައި ވޭނެއް ފުރޮޅާލައި ބަޔަކަށް އަނިޔާވިއިރު، ފެރީ ޓާމިނަލްގެ ބަމްބަރެއްގެ މަތިން ދަނިކޮށް ސައިކަލެއް ކަހާލައިގެން ދިއުމުން ވެސް ދެ ޒުވާނަކަށް ވަނީ އަނިޔާވެފަ އެވެ.
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް