މި މަހު ބާއްވާ ރިޔާސީ އިންތިޚާބު މޮނީޓާ ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
13 ސެޕްޓެމްބަރ 2018
މި މަހު ބާއްވާ ރިޔާސީ އިންތިޚާބު މޮނީޓާ ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ބުނީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބު މޮނީޓާ ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރައްވާފައި ވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އިންތިޚާބު ކަވަރު ކުރާ ބޭރުގެ މީޑިއާތަކާއި ނޫސްވެރިންގެ ކަންކަމާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތަކެއް ފަތުރަމުންދާ ކަމަށާއި އޭގެ ސަބަބުން އާންމުންނާއި ބޭޭރުގެ ފަރާތްތަކުގެ މެދުގައި އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އިންތިޚާބީ ގާނޫނުތަކާ އެއްގޮތަށް ބޭރުގެ މީޑިއާތަކަށް ވެސް އިންތިޚާބު ކަވަރު ކުރުމުގެ ފުރުސަތު އެ ކޮމިޝަނުން ކުރިން ހުޅުވާލާފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިންތިޚާބު ކަވަރު ކުރުމަށް ހުޅުވާލުމުން ބޭރުގެ 37 ފަރާތަކުން އެކަމަށް ހުށަހެޅި އެވެ. އެކަމަކު ލިޔުންތައް ފުރިހަމަ ނުވާތީ 11 ފަރާތެއްގެ ހުށަހެޅުން ބަލައިގެންފައިނުވާ ކަމަށާއި އަދި މުއްދަތު ހަމަވި ފަހުން ހުށަހެޅި ހުށަހެޅުންތައް ވެސް ބަލައިގެންފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ބޭރުގެ ނޫސްވެރިންނަށް ވެސް ރާއްޖެ އާދެވޭނީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވާ ނަމަ، އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ މީޑިއާތަކަށް ފުރުސަތު ދިނުމަށް މި ކޮމިޝަނުން މަސައްކަތް ކޮށްފައިވާނެ ކަމުގެ ޔަގީންކަން ދެން. އަދި އިންތިޚާބު ކަވަރު ކުރުމަށް ޝަރުތު ހަމަވާ ހުރިހާ މީޑިއާތަކަށް އެ ފުރުސަތު ދެވޭ ކަން ކަށަވަރު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ގާނޫނީ އިޖްރާއާތުތަކެއް ފުރިހަމަ ކުރާނެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ގޮވާލާފައި ވަނީ އިންތިޚާބާ މެދު ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ މެދުގައި އިތުބާރު ގެއްލޭ ފަދަ މައުލޫމާތުތައް ނުފެތުރުމަށެވެ.
ރިޔާސީ އިންތިޚާބު ކަވަރުކުރާ ނޫސްވެރިން ރާއްޖެ އަންނަން ޖެހެނީ ބިޒްނަސް ވިސާ ނަގައިގެންނެވެ. ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވާން ލިބޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.
ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ވެސް އިންތިޚާބަށް
އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނެތް!
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި
ކައުންސިލް އިންތިހާބަށް 7،000 އޮފިޝަލުން ހޯދަނީ
އިންތިހާބު ބޯމަތިވާއިރު ވެސް ބަދަލުތައް ހާމަނުކުރާތީ ކަންބޮޑުވުން
ކައުންސިލް އިންތިހާބަށް 80 މިލިއަން ހަރަދުވާނެ: އީސީ
އިންތިހާބާ ނުލައި މީޑިއާ ކޮމިޝަނަށް މެމްބަރުން ހޮވިއްޖެ
މީޑިއާ ކޮމިޝަން ހޮވަން 190 މީޑިއާއަކުން ރަޖިސްޓްރީވި
މީޑިއާ ކޮމިޝަންގެ މެންބަރުންގެ މަގާމަށް ތަރުހީބެއް ނެތް
ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ