Roadha Mihaaru

ކައުންސިލް އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނެތް!

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ރާއްޖެ ޓީވީއަށް ނުދިން ކަމަށް އެ ސްޓޭޝަނުން މިއަދު ބުނެފި އެވެ.

އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނެތް!
އަބްދުﷲ ޖަމީލު
އަބްދުﷲ ޖަމީލު

04 މެއި 2017

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ރާއްޖެ ޓީވީއަށް ނުދިން ކަމަށް އެ ސްޓޭޝަނުން މިއަދު ބުނެފި އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ދޮގުކުރެ އެވެ.

އެ ކޮމިޝަންގެ މެމްބަރުގެ އަހުމަދު އަކްރަމް މިރޭ ވިދާޅުވީ އިލެކްޝަން ކަވަރުކުރުމަށް ފާސް ދޫނުކުރި ކަމަށް ބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ރާއްޖެ ޓީވީއަށް 165 ފާސް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސްޓޭޝަނުން ހުށަހެޅި ބައެއް ފޯމް ރިޖެކްޓްވި ބައިވަރު ސަބަބު އެބަހުރި. ބައެއް ފޯމުތަކުގައި އައިޑީކާޑުގެ ނަމާއި ފޮޓޯއާ ދިމާނުވޭ. އެ ފޯމްތައް ރަނގަޅުކުރަން 48 ގަޑިއިރުގެ މުއްދަތެއް ދިން. ނަމަވެސް އެ މުއްދަތުގައި ހުށަނާޅާ ލަސްވެގެން މިތަނުން ގުޅިގެން. މިވަގުތު ހަމަޔާ ވެސް ވަރަށް މަސައްކަތްކޮށްދިނިން،" އަކްރަމް ވިދާޅުވި އެވެ.

އެކަމަކު ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ މިރޭ ވިދާޅުވީ އެ ސްޓޭޝަނަށް އިންތިހާބު ކަވަރުކުރަން ފާސް ނުދިން ކަމަށެވެ. އަދި އެ ކޮމިޝަނުން ބުނެފައި ވަނީ ފާސް ހޯދަން ހުށަހަޅާފައިނުވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީން ބުނީ އިންތިހާބު ކަވަރުކުރަން އެ ސްޓޭޝަނަށް 32 ފާސް ހޯދަން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ހުރިހާ ފޯމްތަކެއް އަނބުރާ ފޮނުވާލީ ކަމަށް ވެސް އެ ސްޓޭޝަނުން ބުންޏެވެ.

"އަޅުގަނޑުމެން އެކަމާ ގުޅިގެން މިއަދު އެ ކޮމިޝަނާ ބައްދަލުކުރިން. އެ ބައްދަލުވުމުގައި އަޅުގަނޑުމެން ހުށަހެޅި ފޯމްތަކަށް ހުއްދަ ނުދިނީ ހައިބަތު ގެއްލޭ ގޮތަށް ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ނުސީދާކޮށް ބުނީ،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފާސް ދޫނުކުރި ނަމަވެސް އިންތިހާބު އެންމެ ރަނގަޅަށް ކަވަރުކުރާ ޓީވީ ޗެނަލަށް ވާނެ ކަމަށެވެ. އަދި އިންތިހާބުގައި ވޯޓުލާ މަންޒަރު ވެސް ބެލުންތެރިންނަށް ދައްކާނެ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.