Roadha Mihaaru
އެކަނި އުޅުނު ކުއްޖަކު ދެފަހަރު ފުލުހުންނާ ހަވާލުކޮށްފި

ދެ އަހަރު ކުއްޖަކު އެކަނި މަގުމަތީ އުޅެނިކޮށް ދެ ފަހަރު ފުލުހުންނާ ހަވާލުކޮށްފި

14 ސެޕްޓެމްބަރ 2018

އެކަނިމާއެކަނި މަގުމަތީ ހިނގާފައި ދަނިކޮށް މިއަދު ހެނދުނު މާފަންނުކޮޅުން ފެނުނު ކުޑަ ފިރިހެން ކުއްޖަކު، ފުލުހުންގެ އެހީތެރިކަމާ އެކު، އާއިލާއާ ހަވާލުކޮށްފި އެވެ. މިއީ އެ ކުއްޖާ އެގޮތަށް ފެނިގެން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކު ކުރި ދެވަނަ ފަހަރެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެކަނިމާއެކަނި މަގުމަތީ ހިނގާފައި ދަނިކޮށް މިއަދު ހެނދުނު މާފަންނުކޮޅުން ފެނުނު ކުޑަ ފިރިހެން ކުއްޖަކު، ފުލުހުންގެ އެހީތެރިކަމާ އެކު، އާއިލާއާ ހަވާލުކޮށްފި އެވެ. މިއީ އެ ކުއްޖާ އެގޮތަށް ފެނިގެން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކު ކުރި ދެވަނަ ފަހަރެވެ.

ދެ އަހަރުގެ ކުޑަ އެ ކުއްޖާ މިއަދު ހެނދުނު 8:30 ހާއިރު އެކަނި ދަނިކޮށް ބަޔަކަށް ފެނުނީ މާފަންނު މުރަނގަ މަގުންނެވެ. ހުދު ޓީޝާޓަކާއި ދަނބު ކުލައިގެ ދިގު ސޯޓެއް ލައިގެން ހުރި ކުއްޖާ އެވަގުތު އަރައިގެން ހުރީ އަންހެނުން އަރާ ކަހަލަ ފައިވާނަކަށެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެކުއްޖާއާ ސުވާލު ކުރުމުން އެއްވެސް އެއްޗެއް އޮޅުމެއް ނުފިލި އެވެ. އެހެންކަމުން އެއީ އެކަނި ގެއިން ނުކުމެގެން އުޅެނިކޮށް ދެވޭނުދެވޭ ތަނެއް ނޭނގި، ހިނގަމުން ދިޔަ ކުއްޖެއް ކަމަށް އެ މީހުންނަށް ކަށަވަރުވި އެވެ. އެހެންވެ ކުއްޖާ ފުލުހުންނާ ހަވާލުކުރީ އެވެ.

ކުއްޖާއަށް ރައްކާތެރިކަން ދިނުމަށް އެދި މީހަކު ކޮށްފައިވާ ޓްވީޓެއް

ފުލުހުންގެ އެހީތެރިކަމާ އެކު ހެނދުނު ވަނީ އެކުއްޖާ އާއިލާއާ ހަވާލުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެއީ ދެ ކުދިން ތިބޭ އާއިލާއެއްގެ ހަގު ކުއްޖާ އެވެ. މަންމައާ އެކު ކުއްޖާ އުޅެނީ ރާނބާ ރެސްޓޯރެންޓް ކައިރީގައި ހުރި ގެއެއްގަ އެވެ. އޭނާ މިއަދު ފެނުނީ ގާތްގަނޑަކަށް ކިލޯ މީޓަރެއްހާ ދުރުން، ބީޖީ ސްޕޯޓްސް ނިސްބަތްވާ ހިސާބުގަނޑުންނެވެ.

ސޯޝަލް މީޑިއާގައި ނާނި ޝަފީގު ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންވެސް އެކުއްޖާ މާފަންނު ފަލާހު ސްކޫލު ކައިރީ އެކަނި ހުއްޓާ ފެނިގެން ފުލުހުންނާ ހަވާލުކުރި ކަމަށެވެ.

އެ ދުވަހު އާއިލާ އިން އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ އޭނާ ފުލުހުންނާ ކުއްޖާ ހަވާލުކުރިތާ ތިން ގަޑިއިރެއްހާއިރު ފަހުން ކަމަށް އޭނާ ބުންޏެވެ.

އެ ކުއްޖާގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އެކަން ބަލައި އެކުއްޖާ އަށް ރައްކާތެރިކަން ދިނުމަށް ގޮވާލައި ޕޯސްޓްތައް ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.