15 ސެޕްޓެމްބަރ 2018
ލިންކް ރޯޑުގައި މިއަދު މެންދުރު ދެ ސައިކަލް ޖެހި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.
ލިންކް ރޯޑުގައި މިއަދު މެންދުރު ދެ ސައިކަލް ޖެހި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.
އެ އެކްސިޑެންޓްގައި ދެ ސައިކަލް ޖެހި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގެ އެވެ.
ހުޅުމާލެ ލިންކް ރޯޑުގައި ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި އެއް ސައިކަލް ވެއްޓިފައި
އެ އެކްސިޑެންޓް ހިނގިއިރު އެއް ސައިކަލް ދުއްވަން ހުރި މީހެއްގެ ހެލްމެޓް ވެސް ބިންމަތީގައި އޮތެވެ. އަދި އޭގެ ތެރެއިން ސައިކަލަކުން ގެންދިޔަ ބޯވަ ގޯންޏެއް ވެސް މަގުމައްޗަށް ވެއްޓިފައި އޮތެވެ.
މި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ހުޅުމާލެ ލިންކް ރޯޑުގައި ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ސައިކަލަކުން ގެންދިޔަ ބޯވަތަކެއް މަގުމައްޗަށް ވެއްޓިފައި
ސިނަމާލެ ބްރިޖް ހުޅުވި ފަހުން ގަވައިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވި ވެހިކަލްތަކެއް، ހުޅުމާލެ- ހުޅުލެ ލިންކް ރޯޑާއި މާލޭގެ ރިންގް ރޯޑުގައި ވެސް އެކްސިޑެންޓް ހިންގާފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް އެކްސިޑެންޓްގައި މީހުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.
ބްރިޖާ ގުޅިފައިވާ ލިންކް ރޯޑުގައި ދުއްވޭނެ ސްޕީޑަކީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯމީޓަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި ގިނަ ބަޔަކު ދުއްވަ އެވެ. އަދި އެ މަގުގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓްތަކަށާއި މަގުމަތީގެ ލޭންތަކަށް ބެލުމެއް ނެތި ވެސް ދުއްވާކަން ފާހަގަކުރެވިފައިވެ އެވެ.
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ހައިވޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެެއްޖެ
މަޑުކޮށްފައި އޮތް ކާރެއްގައި ސައިކަލަކުން ޖެހިއްޖެ
ދުވެލި މަޑުކުރުމަށް އެދި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް
ތިން ސައިކަލް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ
ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި