ހުޅުމާލޭގެ ފްލެޓުތަކަށް ފައިސާ ނުދައްކައި ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެޗްޑީސީން މިއަދު ނިންމައިފި އެވެ.
20 ސެޕްޓެމްބަރ 2018
ހުޅުމާލޭގެ ފްލެޓުތަކަށް ފައިސާ ނުދައްކައި ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެޗްޑީސީން މިއަދު ނިންމައިފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ލިބެން ހުރި ފަސޭހަތައް ދެނެގަނެ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ މަގުފަހިކޮށް ދިނުމަށް ސަރުކާރުގެ ލަފައާ ވެސް އެކުގައި ކަމަށެވެ.
ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދޭން އެޗްޑީސީން ނިންމި ނަމަވެސް، ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައި ވަނީ ކިތައް މީހުން ކަމެއް އަދި ޖުމުލަ ޖޫރިމަނާ އަކީ ކިހާ ވަރެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ބައެއް ފްލެޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ.
"ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މިފަދަ ލުއި ފަސޭހަ ގޮތްތައް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އެކަށައެޅުމަކީ މި ކުންފުނީގެ އަމާޒެކެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
އެޗްޑީސީން ބުނީ އެކި ދަތިތައް ދިމާވެގެން ނުދެއްކިފައި ހުރި ފައިސާ މާފުކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ދައްކަން ޖެހޭ ފައިސާ ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަނީ
ގެދޮރު އެޅުމަށް ރަށްރަށުގެ މީހުންނަށް ލޯނު ދޫކުރަނީ
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ފްލެޓްތައް ހުރީ ތަކުލީފް އުފުލަންޖެހޭ ގޮތަށް: އޭއޭއެމް
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
7،000 ފްލެޓުގެ ޑިޒައިން ބަދަލުނުކުރަން ނިންމައިފި
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!