21 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަފާތަކީ ހުނަރާއި ކެރުން ކަމަށް ޕާކިސްތާންގެ ކޯޗު ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ.
ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަފާތަކީ ހުނަރާއި ކެރުން ކަމަށް ޕާކިސްތާންގެ ކޯޗު ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ.
ރާއްޖޭން ތަށި ހޯދީ ސެމީ ފައިނަލުން ޕާކިސްތާން ކަޓުވާލި އިންޑިއާ އަތުން ފައިނަލުގައި 2-1 އިން މޮޅުވެގެންނެވެ. ސެމީގެ ކުރިން ނޮގޭރާ ބުނީ ރާއްޖެ އާއި އިންޑިއާއާ ޖެހުނަސް އޭނާގެ ޓީމަށް ފަސޭހަނުވާނެ ކަމަށެވެ. އިންޑިއާ އުނދަގޫވާނެ ކަމަށް ބުނީ ދުނިޔޭގެ ރޭންކިންގައި އެ ޓީމު ގަދަ 100 ތެރޭގައި އޮތުމުންނެވެ. ރާއްޖޭގެ ޓީމު ވަރުގަދަވާނެ ކަމަށް ބުނި އެއް ސަބަބަކީ ލީގު ވަރުގަދަވުމެވެ.
ސެމީ ފައިނަލުގައި އިންޑިއާ އަތުން 2-0 އިން ޕާކިސްތާން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެމުން ނޮގޭރާ ބުނީ ރާއްޖޭގެ ފަރާތުން އޭނާ އަށް ފެންނަ ހާއްސަ ތަފާތެއް އެބައޮތް ކަމަށެވެ.
"މި މުބާރާތުގައި ގްރޫޕް ސްޓޭޖުގައި (ރާއްޖޭގެ ފަރާތުން) ނުފެނޭ މާ މޮޅު ކަމެއް. އެކަމަކު އަހަންނަކީ ކޯޗެއް. އަހަރެން ވަރަށް ތަފްސީލީ ނަޒަރަކުން ކަންތައްތައް ބަލަން. މުޅި މުބާރާތުގައި ކުޅޭ އެހެން ޓީމުތަކާ ރާއްޖޭގެ ކުޅުންތެރިންގެ ތަފާތަކީ އެ ކުޅުންތެރިންގެ ގުޅުން. ކެރުން. އެންމެ މުހިއްމު ކަމަކަށް އަމިއްލަ ހުނަރުވެރިކަމަށް ކުރާ އިތުބާރު. ސެމީ ފައިނަލުގައި ނޭޕާލަށް ފެނުނީ ރާއްޖޭގެ އެ ތަފާތު،" ނޮގޭރާ ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިންނާ ބެހޭގޮތުން ނޮގޭރާ އެ ވާހަކަތައް ދެއްކީ ގްރޫޕް ސްޓޭޖުގެ ދެ މެޗާއި ނޭޕާލާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގައި ފެނުނު ކުޅުމަކަށް ބަލައިގެންނެވެ.
މި ފަހަރުގެ ސާފްގެ ކުރިން ގަތަރުގައި ރާއްޖެ އާއި ޕާކިސްތާން ގަތަރުގައި މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު ޕާކިސްތާނަށް ވަގުތު އޮއްވައި ގަތަރަށް ދެވޭ ގޮތް ނުވުމުން އެ މެޗު ކުޅެވޭ ގޮތެއްނުވި އެވެ. އެ މެޗު ނުކުޅެވުމުން ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ވަނީ ހިތްހަަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނޮގޭރާ ބުނީ އޭނާ ވެސް އެ މެޗު ކުޅެން ވަރަށް ބޭނުންވި ކަމަށެވެ.
"އަހަރެން ވެސް އެ މެޗު ކުޅެން ވަރަށް ބޭނުންވި. އެކަމަކު އަހަރެމެންނަށް މެޗު ކުޅެން ދެވޭ ގޮތް ނުވީ. މުބާރާތަށް އައިއިރު ވެސް އަހަންނަށް ރާއްޖޭގެ ވަރުގަދަކަން އެނގޭ. އަހަރެމެން ޓީމުގެ ދެ ވަނަ ކީޕަރު ހަނީފް ވެސް ކުޅެނީ ރާއްޖޭގައި. އޭނާ ވެސް ބުނި ރާއްޖެ އަކީ ވަރުގަދަ ޓީމެކޭ،" ބްރެޒިލްގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކޮށްފައިވާ ނޮގޭރާ ބުންޏެވެ.
"އިންޑިއާއާ ކުޅެން ޖެހުނަސް ޕްރެޝަރު ބޮޑެއް ނޫން"
ރާއްޖެ އާއި އިންޑިއާ ވަރަށް ވަރުގަދަ: ޕާކިސްތާން ކޯޗު
13 އަހަރަށް ފަހު ޕާކިސްތާން ސާފްގެ ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
އަތްއުރާލައިގެން ތިބެވެން ނެތް: ބަންގްލަދޭޝް ކޯޗު
ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް
ޕާކިސްތާން ފުޓްބޯޅައިގައި ޔޫރަޕްގެ ނުފޫޒު: ހެޔޮ ފާލެއް
ކުރި އިންތިޒާރަށް ލިބުނީ އުފާވެރި އާ ފެށުމެއް: ކޯޗު
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި
އަސްލު މަގާމަށް ދާން ވަގުތު ނަގާނެ: ޕާކިސްތާން ކޯޗު