04 ސެޕްޓެމްބަރ 2018
ތިން އަހަރުގެ މެދުކެނޑުމަަކަށް ފަހު ޕާކިސްތާނުން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ސާފް ސުުޒުކީ ކަޕްގައި ނޭޕާލް އަތުން 2-1 އިން މޮޅުވުމާ އެކު ކުރި އިންތިޒާރަށް ނިމުމެއް އައިސް އުފާވެރި ފެށުމެއް ލިބިއްޖެ ކަމަށް ޕާކިސްތާންގެ ބްރެޒިލް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ.
ތިން އަހަރުގެ މެދުކެނޑުމަަކަށް ފަހު ޕާކިސްތާނުން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ސާފް ސުުޒުކީ ކަޕްގައި ނޭޕާލް އަތުން 2-1 އިން މޮޅުވުމާ އެކު ކުރި އިންތިޒާރަށް ނިމުމެއް އައިސް އުފާވެރި ފެށުމެއް ލިބިއްޖެ ކަމަށް ޕާކިސްތާންގެ ބްރެޒިލް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ޕާކިސްތާން ކުޅުމުގެ ކުރިން އެ ޓީމު އެންމެ ފަހުން ބައިނަލްއަގްވާމީ މެޗެއް ކުޅުނީ 2015 ވަނަ އަހަރުގެ މާޗް މަހު އެވެ. އޭޝިއަން ގޭމްސް އަކީ 23 އަހަރުން ދަށުގެ ޓީމު ކުޅޭ މުބާރާތެކެވެ. ތިން އަހަރު ފަހުން ޕާކިސްތާންގެ ސީނިއާ ޓީމު ފުރަތަމަ ފަހަރަށް ކުޅުނު ބައިނަލްއަގްވާމީ މެޗުން މޮޅުވުމުން ނޮގޭރާ ބުނީ އަލުން އެ ގައުމުގެ ފުޓްބޯޅަ އަށް ދިރުން ލިިބިއްޖެ ކަމަށެވެ.
"ވަރަށް އުފާވެރި ވަގުތެއް މިއީ. ޕާކިސްތާން އަލުން ފުޓްބޯޅަ އަށް އަންނަން ޖެހޭކަން ފެނިގެންގޮސްފި. މިއީ މުޅި ގައުމަށް އުފާވެރި ވަގުތެއް. އަހަރެމެންނަށް މި ގައުމަށް ފުޓްބޯޅަ އިން ގިނަ ކަންތައްތަކެއް ކޮށްދެވޭނެކަން ފެނިއްޖެ. ޕާކިސްތާނަށް މެޗުތަކެއް ލިބެންޖެހޭ. މުބާރާތްތަކުގައި މި ޓީމު ކުޅެން ޖެހޭ،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޮގޭރާ ބުންޏެވެ.
ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން މިދިޔަ އަހަރުތަކުގައި އެ ގައުމުގެ ފުޓްބޯޅަ އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ތިން އަހަރު ކުރިން އޮތް ސާފްގައި ޕާކިސްތާން ނުކުޅުނީ އޭރު އިންޑިއާގައި މުބާރާތް އޮތްއިރު، އެ ގައުމުގެ ސަރުކާރާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.
މިއަދުގެ މެޗަށް ބަލާއިރު މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނޭޕާލް އެވެ. އެކަމަކު މުހިއްމު ވަގުތުތަކުގައި ތަފާތު ދައްކައި ޕާކިސްތާނުން މޮޅުވީ އެވެ. ނޮގޭރާ ބުނީ ނޭޕާލުން ދެއްކި ކުޅުމަކީ ބައިނަލްއަގްވާމީ މެޗުތަކެއް ލިބިގެން އެ ޓީމު ރަނގަޅަށް ތައްޔާރުވެފައި އޮތުމުން ކުރެވޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޕާކިސްތާނަށް މެޗުތަކެއް ކުޅެން ނުލިބި އޮތުމުން ނުކުތީ ރަނގަޅު ރޭވުމަކާ އެކު ކަމަށް ބުންޏެވެ.
"އަހަރެމެންނަށް ނޭޕާލް ކުޅޭގޮތް އެނގޭ. އަހަރެމެން އެމީހުންގެ އެޓޭކިން ގޭމަށް ވިސްނާފައި ކުޅޭނެ ގޮތް ރޭވީ. އަހަރެމެންގެ ކައުންޓަ އެޓޭކުތައް ރަނގަޅީ. ފަހު ލަނޑުގެ ކައުންޓަ އެޓޭކު ވަރަށް ފުރިހަމަ. ތެދެއް ނޭޕާލުން ވަރަށް ގިނަ ވަގުތު ބޯޅަ ހިފެހެއްޓި. އެކަމަކު އޭގެއިން ބޭނުމެއް ނުކުރެވޭ،" ނޮގޭރާ ބުންޏެވެ.
މެޗުގެ ފަހު ސިކުންތުގައި ޕާކިސްތާން މޮޅުކޮށްދިން ލަނޑު ޖަހައިދިން މުހައްމަދު އަލީ އަކީ ޑެންމާކުގެ ދެ ވަނަ ޑިވިޝަންގެ ގްރެވޭ އަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ބުނީ ތިން އަހަރު ފަހުން އަލުން ގައުމީ ޓީމު ޖޯޒީގައި މެޗެއް ކުޅެލަން ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ވަރަށް ބޭނުންވޭ ގައުމީ ޓީމަށް ގިނަ މެޗު ކުޅެން. މިއަދުގެ މެޗުގައި އަހަރެމެން މި ކުރީ އެ ފަދަ މަސައްކަތެއް. އެއީ އަހަރެމެންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަން ދައްކުވައިދިނީ. އަހަރެމެންނަށް މިއަދު ހާސިލްމިކުރެވުނީ ވަރަށް ބޮޑު މޮޅެއް،" މުހައްމަދު އަލީ ބުންޏެވެ.
އެންމެ ފަހުން 2015 ވަނަ އަހަރު އިންޑިއާގައި އޮތް ސާފްގައި ވެސް ފުރަތަމަ މެޗުން ނޭޕާލް ބަލިވީ ފަހު ވަގުތު ސްރީލަންކާ ލަނޑު ޖެހުމުންނެވެ. މިއަދުގެ މެޗުގައި ޕާކިސްތާނުން ވެސް ނޭޕާލް ބަލިކުރީ ފަހު ވަގުތު އެވެ.
"އަހަރެމެން މުޅި މެޗުގައި ރަނގަޅަަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު. އެކަމަކު ދެ ގޯހެއް ހެދީ. އެ ދެ ގޯހުން ވެސް އަހަރެމެން ކޮޅަށް ލަނޑު ވަދެގެން މި ބަލިވީ. ފަހު ވަގުތު ލަނޑު ވަނީ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ފަސޭހަކޮށްލައިގެން ތިބީމަ. ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން. ހެެދުނު ގޯސްތައް ރަނގަޅުކުރުން ދެން އޮތީ،" މެޗާ ބެހޭގޮތުން ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުންޏެވެ.
އޭނާ ބުނީ ހެދުނު ގޯސްތައް ރަނގަޅުކުރަން އިތުރު ދެ މެޗު އެބައޮތް ކަަމަށާއި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލުނުކަމަށް އަދި ނުދެކޭ ކަމަށެވެ. އަދި ކުޅުންތެރިންނަށް ރަނގަޅުކުރަންވީ ކަންތައްތައް ވަރަށް ރަނގަޅަށް ބުނެދޭނެ ކަމަށާއި އެއީ އެންމެ މުހިއްމު ކަންތައް ކަމަށް އޭނާ ބުންޏެވެ.
ގްރޫޕުގެ ދެ ވަނަ މެޗުގައި ނޭޕާލް އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ބޫޓާންއާ އެވެ. އެ ދުވަހު މި ގްރޫޕުގެ އަނެއް މެޗުގައި ބަންގްލަދޭޝް ކުޅޭނީ ނޭޕާލްއާ އެވެ.
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި
އަމިއްލަ ގައުމުގައި ނުކުޅެވުނު ދެ ޓީމަށް ޕޮއިންޓެއް
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ
ރާއްޖޭގެ ތަފާތަކީ ކެރުމާއި ހުނަރު: ޕާކިސްތާން ކޯޗު
ނޭޕަލަށް މި ގެއްލުނީ ރަނުގެ ފުރުސަތެއް: ކޯޗު
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
"އިންޑިއާއާ ކުޅެން ޖެހުނަސް ޕްރެޝަރު ބޮޑެއް ނޫން"
ކިރަން އާއި ޝްރެސްތާ: ނޭޕާލުގެ މުހިއްމު ދެ ހަތިޔާރު
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު