Roadha Mihaaru
ވަކީލް ސިރާޖްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފި

އަދީބުގެ ވަކީލް ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

21 ސެޕްޓެމްބަރ 2018

ކުރީގެ ރައީސް ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިރާޖް ރޭ ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީނާ ބެހޭގޮތުން އަދީބާ ހަވާލާ ދެއްވައި، ދޮގު ބަޔާންތަކެއް ނެރުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އޭނާ ރޭ ހައްޔަރު ކުރުމުގެ އިތުރުން އޭނާ ދިރިއުޅޭ އެޕާޓްމެންޓް ވެސް މިއަދު ހެނދުނު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ބައެއް ތަކެތި ގެންގޮސްފަ އެވެ.

ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހަވީރު ކޯޓަށް ގެންދިއުމުންނެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި މަގާމުން ދުރުކޮށް، އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައި ވާއިރު އަދީބު ގެންދަނީ ވަކީލުން މެދުވެރިކޮށް އެކި ކަންކަމާ ބެހޭގޮތުން ބަޔާންތައް ނެރެމުންނެވެ.