ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
26 ޑިސެމްބަރ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަށް ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ އަމުރު ނެރުމަށް މަސައްކަތް ކުރުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށެވެ. ފައިސާ ދައުލަތަށް ނަގުމުގެ އަމުރަކަށް އެދުމަކީ ޔާމީންގެ ހައްގަށް ހުރަސް އެޅުން ކަމަށް ދެކެނީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ ބަލައިގަނެފައި ވާތީ، އެހުކުމް ބާތިލުކުރުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ފަރާތުން ނެރޭ ނޫސްބަޔާން@VaguthuOnline @Mihaarunews @1onlinemv @sunbrk @raajjemv @Ch13official @cnm_mv @thepressmv @thevoice_mv @vaavu @psmnewsmv @Sangu_tv @tvmaldives @VTVvmedia @miadhuMV pic.twitter.com/HbX3vE4Jpe
— ???? ??????? (@AdamShameem) December 26, 2019
ޔާމީންގެ ގާނޫނީ ވަކީލުންގެ ނޫސްބަޔާން
"...އިސްތިއުނާފުގެ ހައްގު ލިބިދީފައި އޮންނަ ބޭނުމަކީ ވެސް ދަށުކޯޓު ގެ ނިންމުން އަލުން ބަަލައި އެ ނިންމުން ބަދަލުކުރުމަށް މަސަައްކަތް ކުރުމުގެ ހައްގު ލިބިދިނުން ކަމަށް ވާއިރު، އެ ފުރުސަތު ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދީފައި ވަނިކޮށް، އިސްތިއުނާފުގެ މަރުހަލާގައި، ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ ފަދަ އަމުރުތަކަށް އެދި، އެފަދަ އަމުރުތައް ނެރެން ދައުލަތުން މަސަައްކަތް ކުރުމަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ދެކެމެވެ،" ޔާމީންގެ ވަކީލުންގެ ބަޔާނުގައި ވެ އެވެ.
އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރީ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު، އޭގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އޭގެ އަސްލު އޮޅުވާލެއްވި ކަމަށް ދައުވާގައިވެ އެވެ.
އެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގަ އެވެ.
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
ޔާމީން ޖަލަށްލައި އަދީބު ގޭގައި ހުރުމަކީ ހަދިޔާއެއް!
ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
އާރަށް މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް