ބޮޑެތި ކަންނެލި ދަމާލުމަކީ ފ. ދަރަނބޫދޫ އަހުމަދު ފަރުހާދަށް އެއްވެސް ކަމެއް ނޫނެވެ. މަސްވެރިކަމުގައި އެ ޒުވާނާ ނުކުރާ ތަޖުރިބާއެއް މަދުވާނެ އެވެ. އެކަމަކު އިއްޔެ އޭނާ ބޭނި މަސް ފެނިފައި ހައިރާންވި އެވެ. އެއީ މިހާތަނަށް އޭނާ ދުށް ބާވަތުގެ މަހެއް ނޫނެވެ.
30 ސެޕްޓެމްބަރ 2018
ބޮޑެތި ކަންނެލި ދަމާލުމަކީ ފ. ދަރަނބޫދޫ އަހުމަދު ފަރުހާދަށް އެއްވެސް ކަމެއް ނޫނެވެ. މަސްވެރިކަމުގައި އެ ޒުވާނާ ނުކުރާ ތަޖުރިބާއެއް މަދުވާނެ އެވެ. އެކަމަކު އިއްޔެ އޭނާ ބޭނި މަސް ފެނިފައި ހައިރާންވި އެވެ. އެއީ މިހާތަނަށް އޭނާ ދުށް ބާވަތުގެ މަހެއް ނޫނެވެ.
އެ މަހުގެ ދިގުމުގައި ހަ ފޫޓު ތިން އިންޗި ހުއްޓެވެ. އެކަމަކު ބަރުދަނަކީ އެންމެ ފަސް ކިލޯ އެވެ.
ދަރަނބޫދު އާއި ފ. މަގޫދޫ ކައިރީގައި އޮންނަ ކަނޑުއޮޅިއެއް ކައިރިން ދަތުރުކުރި މާނިޔާ މަސް އައިނެއްގެ ތެރެއިން އިންސާނެއްގެ އާންމު އިސްކޮޅަށް ވުރެ ދިގު އެ މަސް ނަގައި ޑިންގީ އަށް އެރުވީ ފަސޭހަކަމާ އެކުގަ އެވެ. މެރިން ރިސާޗް ސެންޓަރުން ބުނި ގޮތުގައި މި ވައްތަރުގެ މަހަށް ކިޔާ އުޅެނީ "ރިބަން ފިޝް" އެވެ.
"ދުވަހަކު ވެސް ނުދެކޭ ވައްތަރު މަހެއް އެއީ. ވަރަށް ތުނިތުނިކޮށް އޮންނަ މަހެއް. ހަމަ އަޖައިބުވެފައި މި ހުރީ އެ މަސް ފެނިފައި،" ދަރަނބޫދޫގައި ދިރިއުޅޭ އިބްރާހިމް ޝިފާއު، "މިހާރު" އަށް ކިޔައިދިނެވެ.
ފަރުހާދު އެ މަސް ބޭނީ ކުޑަ ޑިންގީއެއްގައި ވަދާ ގޮސް އުޅެމުންނެވެ. އަދި ރަށަށް އެ މަސް ގެނެސް، އެންމެންނަށް ފެންނަ ގޮތަށް ގަހެއްގައި އެލުވި އެވެ. ރަށުގެ އެތައް ބަޔަކު އޭގެ ފޮޓޯ ނަގައި ހެދި އެވެ. ރަށު މީހުންނަށް ވެސް އެއީ އާދަޔާ ހިލާފު މަހެކެވެ.
"އަހަރުމެން އެންމެން ބައިވެރިވެގެން މަހުގެ އެއްބައިގެ ރަހަ ބަލައިފިން. ހަންގަނޑު ވެސް ވަރަށް ބޯކޮށް ހުންނަނީ،" މަހުގެ މީރުކަން ފާހަގަކޮށް ޝިފާއު ބުންޏެވެ.
"އެއީ ރަނގަޅު، މީރު މަހެއް."
އެ މަހުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެކި މީހުން އެ އަށް ކިޔަނީ އެކި ނަމެވެ. ނަމަވެސް އެނގޭ އެއްޗެކީ މި ކަހަލަ މަހެއް ބޭނިގެން، ރާއްޖޭގައި ފޮޓޯތައް މިހާ އާންމުވި މިއީ ފުރަތަމަ ފަހަރުކަމެވެ.
މެރިން ރިސާޗް ސެންޓަރުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ރިބަން ފިޝްއަކީ ރާއްޖޭގައި އާންމުކޮށް ނޫޅޭ މަހެއް ކަމަށެވެ. އަދި އެ ވައްތަރުގެ މަސް އާންމުކޮށް ފެންނާނީ ކިސަޑު ހުންނަ ހިސާބުގައި ކަމަށާއި ގިނަ އިން އުޅޭނީ ކަނޑުގެ ވަރަށް ފުނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭން ފެނުނީ އެ ވައްތަރުގެ އެންމެ ބޮޑު މަސް. އެވަރަށް ބޮޑުވާނީ އެ މަސް. އެ މަހަށް އެކި ގައުމުތަކުގެ މީހުން ތަފާތު އެކި ނަންތައް ކިޔައި އުޅޭ،" އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން އެ މަސް ކައި އުޅެ އެވެ. އަދި އެއީ ދުނިޔޭގެ އެކި ކަނޑުތަކުގައި އުޅޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަނޑުގެ އަޑީގައި އުޅެފައި ދުވާލު ގަޑީގައި ތަންކޮޅެއް މައްޗަށް އަރާނެ. ގާތްގަނޑަކަށް 100 މީޓަރު މަތީގައި އުޅެފައި ރޭގަނޑު ގަޑީގައި ވަރަށް އަޑި އަށް އެ މަސް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ދަރަނބޫދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް
ދަރަނބޫދުއަށް ރީތި ބޮޑު ބަނދަރެއްގެ ނަސީބު
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ
ގަދަ ފެހިކަމާއި ފަހިކަން: ޣާލިބާގެ ލޯތްބާ އެކު!
ފ. މަޝްރޫއު އަށް ހެދިގޮތް ދެން ނުހެދޭނެ: ޝުޖާއު
31 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މަގޫދޫ އެއާޕޯޓު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމަނީ
ރައީސް، ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި
މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް ސާވޭކޮށްފި
ކެންދޫ ފަޅުގައި އޮތް މުށިމަސްތައް މަރުވެގެން ލައްގަނީ