ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
30 ސެޕްޓެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފާރިސް މިވަގުތު ބަންދުން ދޫކޮށްލަން ހައި ކޯޓުން އަމުރުކުރީ އޭނާ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދޭން ހައި ކޯޓުގައި އެދުމުންނެވެ.
ކަފާލާތުގެ ގޮތުގައި ފާރިސްގެ ފަރާތުން 40،000ރ. ކޯޓުގައި ބެހެއްޓުމުން ހައި ކޯޓުން މިއަދު އަމުރުކުރީ އެ ކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށެވެ.
ކަފާލާތުގެ ދަށުން ފާރިސް މިއަދު މިނިވަންކުރުމާ އެކު، އެންދެރިމާގެއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ފާރިސް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ހެނދުނު ފަށާފައިވާއިރު، އެ މައްސަލަ މި ހަފުތާގައި ނިންމޭތޯ މަސައްކަތް ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ބެންޗުން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު ވެސް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ސާބިތުވެފައިވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން އޭނާގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މީގެ ތެރެއިން ޓެރަރިޒަމް ދައުވާގެ ޝަރީއަތް ނިމެންދެން ބަންްދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ކޮށްފައިވާތީ، އެއާ މެދު ގޮތެއް ނިންމުމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފާރިސްގެ ހުކުމް ފަސްކުރުމާ މެދު މިއަދު ގޮތެއް ނިންމަނީ
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް
އިސްތިއުނާފު ނުނިމޭތީ އިންސާފުގެ ދޮރު ވަނީ ބަންދުވެފައި
ފާރިސްގެ ވަކީލުންގެ ޝަކުވާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް
ފާރިސްގެ އެދުމަކަށް އިސްތިއުނާފް ވެސް ކެންސަލް
މެދުކެނޑުމަކަށް ފަހު ފާރިސްގެ އިސްތިއުނާފް ބާއްވަނީ
"ގޯސް ކަންކަން ދިފާއު ކުރުމަކީ ނުބައި މެސެޖެއް"
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް