Roadha Mihaaru
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް މުންދު

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް މުންދު

03 އޮކްޓޯބަރ 2018

ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލަކަށް، ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އިންތިޚާބު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލަކަށް، ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އިންތިޚާބު ކޮށްފި އެވެ.

ވެރިކަން ކުރާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްގެ ބަދަލުގައި އެ މަގާމަށް މުންދު އިންތިޚާބު ކުރީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ކައުންސިލް މެމްބަރަކަށް ޚަލީލް އިންތިހާބު ކޮށްފައި ވާތީ އެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާގޮތުން ކައުންސިލްގައި ހިމެނޭ ބޭފުޅަކަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެއް އަދައެއް ނުކުރެއްވޭނެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ކަމަށް މުންދު އިންތިޚާބުކުރީ އެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގައި މުންދު ބައިވެރިވެވަޑައިގަންނަވަނީ: އޭނާ އަކީ ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލް ކަމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައި.---ޕީޕީއެމް ޓުވިޓާ ފޮޓޯ

މުންދު ވަނީ ލަންކާ ސަފީރުގެ މަގާމުގެ އިތުރުން ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް މި ސަރުކާރުގައި ކުރައްވައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއު ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.

މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް މުންދު ވަނީ ކުރައްވައިފަ އެވެ.

ޕީޕީއެމްގެ މިއަދުގެ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ޕީޕީއެމް ޓުވިޓާ ފޮޓޯ

ޕީޕީއެމްގެ މިއަދުގެ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ޕީޕީއެމް ޓުވިޓާ ފޮޓޯ

ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެއް މިއަދު އޮތް އިރު، މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.

ކުއްލި ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވާ ކަންތައްތައް އެ ކޮންގްރެސްގައި ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ. އެކަމަކު، އެ ނިންމުމަށް ރައްދު ދީ، ޕީޕީއެމުން ބުނެފައި ވަނީ ކޮންގްރެސް ބޭއްވީ އަސާސީ ގަވައިދުގައި ވާގޮތުގެ މަތިން ކައުންސިލުން ނިންމައި މަންދޫބުން ބައިވެރިކޮށްގެން ކަމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކަންކަން ބަލައިގަނެ ކޮންގްރެސްއަށް އޮބްޒާވަރުންވެސް ފޮނުވިކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

BREAKING: PPM ge congress balainugathumah nimmaifi

BREAKING: PPM ge congress balainugathumah nimmaifi

The most trusted news source in the Maldives

Mihaaru

ޕީޕީއެމް ކޮންގްރެސް ބަލައިނުގަތުމަށް ނިންމުން--

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަތުމާ އެކު އެ ޕާޓީން ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.