އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލައިސް ވެލްސް ރާއްޖެ ވަޑައިގެންފި އެވެ.
10 އޮކްޓޯބަރ 2018
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލައިސް ވެލްސް ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖެ އާއި ސްރީ ލަންކާ އަށް އެލައިސް ކުރައްވާ ދަތުރުގައި އޭނާ ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. އޭނާ ވަނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރެއިން، ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.
އެލައިސްގެ ދަތުރުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ސަރުކާރުގެ އިސްވެރިންނާއި މަދަނީ ބައެއް ޖަމްއިއްޔާތަކާ ވެސް ބައްދަލު ކުރައްވާނެ އެވެ.
އެމެރިކާއިން ޖޯޑަން އަށް ކުރިން ކަނޑައަޅާފައިވާ ސަފީރުގެ މަގާމު ވެސް އަދާ ކުރެއްވި އެލައިސް، ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިއަކަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. އެ މަގާމަކީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ ސީދާ ބެއްލެވުމުގެ ދަށުން އޮންނަ މަގާމެކެވެ.
އެލައިސް ރާއްޖެ ވަޑައިގަތްއިރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ މިދިޔަ ހަފުތާގައި ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ބޭރުގެ ބައެއް ގައުމުތަކާއި ޖަމާއަތްތަކުގެ ސަފީރުންނާއި ވަފުދުތައް ރާއްޖެއަށް ވަނީ ޒިއާޔަތްކޮށް، އެކި ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. ދާދިފަހުން ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތުގެ ވަފުދެއް ވެސް ރާއްޖެއަށް ޒިއާޔަތްކޮށް، ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
މުއިއްޒު ހުވާ ކުރައްވާ ހަފްލާއަށް ބައިޑެންގެ ވަފުދެއް
އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް އަލަށް ސަފީރެއް
ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވައިފި
ތިން ގައުމެއްގެ ސަފީރުންނަށް ރުހުން ދީފި
ތިލްމީޒާގެ ބަދަލުގައި އެމެރިކާގެ ސަފީރަކަށް ޣަފޫރު
އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީއަށް ކެޝަޕް
ފްރަންޓްލައިން ސްޓާފުންނަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފި
ތިލްމީޒާ، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި
އާ ތިން އެމްބަސީއަކާއި ކޮންސިއުލޭޓެއް ގާއިމްކުރަނީ