10 އޮކްޓޯބަރ 2018
ނުހައްގުން ހޯދާފައިވާ ފައިސާތަކެއް ހިފައިގެން ބަޔަކު ރާއްޖެ އިން ފުރަން އުޅޭ މައްސަލައެއް، ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.
ނުހައްގުން ހޯދާފައިވާ ފައިސާތަކެއް ހިފައިގެން ބަޔަކު ރާއްޖެ އިން ފުރަން އުޅޭ މައްސަލައެއް، ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަލީ ހުސައިން ވިދާޅުވީ އޭނާ އެ މައްސަލަ ހުށަހެޅީ ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން މަގާމާ އެކަށީގެންނުވާ އާމުދަނީ ހޯދާފައިވާތީ، އެ ފައިސާތައް ހިފައިގެން ރާއްޖެ އިން ފުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.
އެއީ ކޮން ބައެއް ކަމެއް އަދި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ލިބިފައިވަނީ ކޮން ހެކިތަކެއް ކަމެއް އަލީ ހުސައިން ވިދާޅެއްނުވެ އެވެ.
މި މައްސަލަ ހުށަހަޅާފައި ވިޔަސް، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ފުލުހުން ބޭނުމެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ލީޑާޝިޕަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. އޭސީސީ އާއި އޮޑިޓް އޮފީހުގެ ރިޕޯޓުތަކަށް ބަލާއިރު ވެސް އެ ފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ރައީސް ޔާމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެ މައްސަލަ ހުށަހެޅީ ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ކުރާ މަސައްކަތަށް އަމާޒުވެފައިވާ ފޯކަސް އަނބުރާލަން ކަމަށެވެ.
ޔާމީންގެ ޝަރީއަތެއް ނެތް، އޮތީ އިދާރީ ކަމެއް
ފައިސާތައް ބޭރަށް ގެންދާ މައްސަލައިގަ ޖަވާބެއް ނުދިން
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"