11 އޮކްޓޯބަރ 2018
ސިންގަޕޫރު (އޮކްޓޯބަރު 11) - ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ވައިގެ ދަތުރަށް ސިންގަޕޫރު އެއާލައިންސް އިން ތައްޔާރުވެއްޖެ އެވެ.
ސިންގަޕޫރު (އޮކްޓޯބަރު 11) - ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ވައިގެ ދަތުރަށް ސިންގަޕޫރު އެއާލައިންސް އިން ތައްޔާރުވެއްޖެ އެވެ.
ސިންގަޕޫރާއި ނިއު ޔޯކާ ދެމެދު ދަތުރުތައް މިއަދު ފަށާ އިރު 15،000 ކިލޯ މީޓަރުގެ ދިގު ދަތުރުގެ ދިގު މިނަކީ 19 ގަޑިއިރެވެ.
އޮސްޓްރޭލިއާގެ ކުއަންޓަސް އިން މި އަހަރު ކުރީކޮޅު ވަނީ ޕާތާއި ލަންޑަނާ ދެމެދު ކުރާ 17 ގަޑިއިރުގެ ދިގު ދަތުރުތައް ފަށައިފަ އެވެ. އަދި ގަތަރުން ދަނީ ދޯހާ އާއި ނިއު ޒީލެންޑުގެ އޯކްލެންޑާ ދެމެދު 17.5 ގަޑިއިރުގެ ދިގު ދަތުރުތައް ކުރަމުންނެވެ.
ސިންގަޕޫރު އެއާލައިންސް އިން ބުނީ ނަން-ސްޓޮޕް ޚިދުމަތް ފެށީ ދަތުރުތަކުގެ ޑިމާންޑް ބޮޑުވުމުން ކަމަށެވެ. ސަބަބަކީ ސްޓޮޕްއޯވާ ފްލައިޓްތަކުގެ ބަދަލުގައި ދަތުރުގެ ވަގުތު ކުޑަވުމުން ޕަސިންޖަރުންނަށް އެތައް ފަސޭހައެއް ލިބޭތީ ކަމަށެވެ.
ސިންގަޕޫރު އެއާލައިންސްގެ ދިގު ދަތުރުތައް ކުރާނީ އެއާބަސް އޭ350-900 ޔޫއެލްއާރު ބޯޓުގައި. --ފޮޓޯ:އެސްއައިއޭ
ސިންގަޕޫރު އެއާލައިންސް އިން ބުނީ ނިއު ޔޯކަށް ކުރާ ދަތުރުގެ ބިޒިނަސް ކްލާސް ހުރިހާ ސީޓެއް ހުސްވެފައިވާ ކަމަށެވެ. ބިޒިނަސް ކްލާސް ޕަސިންޖަރުންނަށް ދެ މީލް އާއި ރިފްރެޝްމަންޓްސް ލިބޭނެ އެވެ. އަދި ނިދުމުގެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.
އެއާބަސްގެ މުޅިން އާ އޭ350-900 ޔޫއެލްއާރު (އަލްޓްރާ-ލޯންގް-ރޭންޖް) ބޯޓުގެ ޕަސިންޖަރުންގެ ޖާގަ އަކީ 161 އެވެ. ބިޒިނަސް ކްލާސް ޕަސިންޖަރުންގެ އަދަދަކީ 67 އެވެ. ޕްރީމިއަމް އިކޮނޮމީ ޕަސިންޖަރުންގެ ޖާގައަކީ 94 އެވެ. އިކޮނޮމީ ކްލާހެއް އެ ބޯޓުގައި ނުހުރެ އެވެ.
ސިންގަޕޫރު އެއާލައިންސް އިން ވަނީ ޗަންގީ އާއި ނިއު ޔޯކާ ދެމެދު 2004 ވަނަ އަހަރު ވެސް ސީދާ ދަތުރުތައް ފަށައިފަ އެވެ. ނަމަވެސް އޭ340-500 ގެ ބޯޓުތަކުގައި ކުރި އެ ދަތުރުތައް 2013 ވަނަ އަހަރު ހުއްޓާލީ ތެޔޮ ޚަރަދު ބޮޑުވުމުންނެވެ. ނަމަވެސް ދިގު ދަތުރުތަކަށް ގިނަ އެއާލައިންތަކުން މިހާރު ބޭނުން ކުރާ އޭ350-900 ގެ ބޯޓުތަކުގައި ދަތުރުތައް ފެށުމުން ޚަރަދު ކުޑަވާނެ ކަމަށް ސިންގަޕޫރު އެއާލައިންސް އިން ބުނެ އެވެ
ދުނިޔޭގެ އެންމެ ދިގު ދަތުރަށް ސިންގަޕޯ އެއާލައިންސް
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
އެސްކިއު ބޯޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ
ސިންގަޕޫރުގެ ބަދަލަކާ އެކު އެއާ ޓިކެޓް އަގު ބޮޑުވެދާނެ
ބޮޑު ހަޅުތާލެއް ފަށައި ހޮލީވުޑްގައި މަރުތަޅު އަޅުވައިފި
ސިންގަޕޯ އެއާލައިނުން ފަސިންޖަރުންނަށް ވައިފައި ދެނީ
ނިއު ޔޯކްގެ މަޝްހޫރު ސްވޯން ހިފައިގެން ކާލައިފި
ޓްރަމްޕަށް ދައުވާކުރުން މިއަދު، ލައިވް ނުކުރާނެ
ތަހުގީގުގެ ސުވާލުތަކަށް ޓްރަމްޕު ޖަވާބެއް ނުދެއްވި