30 މެއި 2018
ޓްރާންސިޓް ނުކޮށް ދުނިޔޭގައި ކުރާ އެންމެ ދިގު ދަތުރުގެ ގޮތުގައި، ސިންގަޕޫރުން އެމެރިކާގެ ނިއުޔޯކް ދަތުރުތައް ފަށަން ސިންގަޕޯ އެއާލައިންސް އިން ތައްޔާރުވެއްޖެ އެވެ.
ޓްރާންސިޓް ނުކޮށް ދުނިޔޭގައި ކުރާ އެންމެ ދިގު ދަތުރުގެ ގޮތުގައި، ސިންގަޕޫރުން އެމެރިކާގެ ނިއުޔޯކް ދަތުރުތައް ފަށަން ސިންގަޕޯ އެއާލައިންސް އިން ތައްޔާރުވެއްޖެ އެވެ.
އެ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު، އެ އެއާލައިނުން އަލަށް ބޭނުން ކުރަން ފެށި އެއާބަސް އޭ 350- 900 ޔޫއެލްއާރު (އަލްޓްރާ ލޯންގް ރޭންޖް) މަރުކާގެ މަތިންދާބޯޓު ބޭނުން ކޮށްގެން ކަމަށް ސިންގަޕޯ އެއާލައިނުން ބުންޏެވެ. އަދި އެ ދަތުރުތައް ކުރާނީ ހަފްތާއަކު ތިން ދުވަހު ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
ސިންގަޕޯ އެއާލައިންސް އިން ބުނީ އެ މަރުކާގެ އިތުރު ބޯޓެއް އޮކްޓޫބަރު 18 ގައި ބޭނުން ކުރަން ފަށާނެ ކަމަށާއި، އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އެ ދަތުރުތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެއާބަސް އޭ350- 900 ޔޫއެލްއާރުގެ ބިޒްނަސް ކްލާސް.
އެ ދަތުރުތަކުގެ ޓިކެޓް ސިންގަޕޫރު އެއާލައިންސް އިން މާދަމާ އިން ފެށިގެން ޓިކެޓު ވިއްކަން ފަށާނެ އެވެ. ނަމަވެސް ޓިކެޓުގެ އަގުތައް އަދި ހާމަ އެއް ނުކުރެ އެވެ.
"މި ފްލައިޓްތަކަކީ ސިންގަޕޯ- ނިއުޔޯކުގެ މެދުގައި ކުރެވޭ އެންމެ އަވަސް ދަތުރުތަކަށް ވާނެ،" ސިންގަޕޯ އެއާލައިންސްގެ ސީއީއޯ ގޫ ޗޫން ފޮންގް ވިދާޅުވި އެވެ.
ބިޒްނަސް ކްލާހުގެ 67 ގޮޑި އާއި ޕްރިމިއަމް އިކޮނޮމީ ކްލާހުގެ 94 ގޮޑި ހުންނަ މަތިންދާބޯޓުން ސިންގަޕޫރު-ނިއު ޔޯކް ދަތުރުތަކަށް 18 ގަޑިއިރާއި 45 މިނެޓު ނަގާނެ ކަމަށް ލަފާކުރެ އެވެ. ސިންގަޕޯ އެއާލައިންސް އިން ބުނީ، ދަތުރު ދިގު ނަމަވެސް، ދަތުރުކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް މަތިންދާބޯޓުގެ ކަންކަން ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
އެއާބަސް އޭ350-900ޔޫއެލްއާރުގެ ޕްރިމިއަމް އިކޮނޮމީ ކްލާސް.
ސިންގަޕޯ އެއާލައިންސް އިން ފަށާ މި ދަތުރުގެ ދިގުމިނަކީ 16،700 ކިލޯމީޓަރެވެ.
މިހާރު ސިންގަޕޯ އެއާލައިންސް އިން ނިއު ޔޯކް ދަތުރުތައް ކުރަނީ ޖަރުމަނުގެ ފްރެންކްފަޓްގައި ޓްރާންސިޓް ކުރުމަށް ފަހު އެވެ. އެމެރިކާގެ އިތުރު ފަސް ސިޓީ އަކަށް ވެސް ސިންގަޕޯ އެއާލައިންސް އިން ދަތުރު ކުރެ އެވެ.
ޓްރާންސިޓް ނުކޮށް، ސިންގަޕޫރު- ލޮސްއެންޖެލަސް ފްލައިޓު ދަތުރުތައް ވެސް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ސިންގަޕޯ އެއާލައިންސް އިން ވަނީ ބުނެފަ އެވެ.
އެސްކިއު ބޯޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ
ސިންގަޕޫރުގެ ބަދަލަކާ އެކު އެއާ ޓިކެޓް އަގު ބޮޑުވެދާނެ
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ
ސިންގަޕޫރް އެއާލައިންސްގެ ބޯޓެއް ވަގުތީ ރެސްޓޯރަންޓަކަށް
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް
ޓޫރިޒަމް އިޝްތިހާރު ކުރުމަށް ޑްރީމް ލައިނާ ރާއްޖެ އަށް
ދިރިއުޅުމުގެ އަގު އެންމެ ބޮޑީ ހޮންކޮންގްގައި
ދުނިޔޭގެ އެންމެ ދިގު ދަތުރަށް ސިންގަޕޫރު އެއާލައިންސްއިން ތައްޔާރު
ގާސިމް މަތިންދާބޯޓަކަށް ނޭރުވި
ސިންގަޕޫރު އެއާލައިންސްގެ ބޯޓެއްގައި އަލިފާން ރޯވެއްޖެ