Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މާރާމާރީތަކާ ގުޅިގެން މީހުން ފާސްކުރަން ފަށައިފި

މާރާމާރީތަކާ ގުޅިގެން މީހުން ފާސްކުރަން ފަށައިފި

13 އޮކްޓޯބަރ 2018

މާލޭގައި މި ދުވަސްވަރު އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފައި ވާތީ، އެކަން ހުއްޓުވުމަށް، މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުސް އޮފީހުން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގައި މި ދުވަސްވަރު އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފައި ވާތީ، އެކަން ހުއްޓުވުމަށް، މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުސް އޮފީހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ޒުވާނުން އާއްމުކޮށް އެއްވެ އުޅޭ ތަންތަން ބަލައި، ގުރޫޕު ހަދައިގެން އުޅޭ ނަމަ އެކަން ހުއްޓުވައި އެ މީހުން ފާސްކުރަމުން އަންނަ ކަމަށެވެ. އަދި މާރާމާރީ ހިންގަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ބަލައި ފާސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ. އަދި ބުދަ ދުވަހު މެންދުރު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، މާލެ އާއި އައްޑޫގައި ވެސް ވަނީ މާރާމާރީތަކެއް ހިންގައި، ދެ ޒުވާނަކަށް ހަމަލާދީފަ އެވެ.

އެ މީހުންގެ ހާލު އަދިވެސް ސީރިއަސް އެވެ.

މި ފަހަކުން މާރާމާރީ ހިންގުން އާއްމުވެފައިވާއިރު، އެކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މަސައްކަތްތަކުގެ ދަށުން، މާރާމާރީތަކާ ގުޅުން ހުރި 32 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 17 މީހަކު އަދިވެސް ފުލުހުންގެ ބަންދުގައި ތިބި ކަމަށެވެ.

"މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހު މި ވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަމެވެ. އަދި މި ފަދަ އަމަލު ހިންގައި، އެ ކަންކަމަށް ހިތްވަރު ދޭ ފަރާތްތައް ހޯދައި މައްސަލަ ތަހުގީގުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެމެވެ." ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް 14، އަށް ހަމަލަދީ މިދިޔަ ބުދަ ދުވަހުގެ ރޭ މަރައިލި މައްސަލާގައި، ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ވެ އެވެ.