ޝަރުއީ ހަމަތަކުގެ މަތިން ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
16 އޮކްޓޯބަރ 2018
ޝަރުއީ ހަމަތަކުގެ މަތިން ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ އާދިއްތަ ދުވަހު އެ ކޯޓުގައި ވަނީ ފަށައިފަ އެވެ.
ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށެވެ. އަދި ޕީޕީއެމުން ދާދި ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ހުށަހެޅީ ކުރީގައި އޮތް ގޮތަށް މައުމޫނާ ލީޑަޝިޕް ހަވާލު ކުރުމަށެވެ.
ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި ރައީސް ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
"އޮޅުވާލި ވޯޓު" ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މިލްކުވެރިކަން ކުރީގެ ރައީސް މައުމޫނާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ މެމްބަރަކަށް މައުމޫން ނުވާތީ އެވެ.
"އެހެންވެއްޖެ ނަމަ، ޕީޕީއެމްގެ މިލްކުވެރިކަން ކެނެރީގޭ މުހައްމަދު ނަޝީދާ ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް. ރައީސް މައުމޫނާ ޕީޕީއެމްގެ ހިންގުން ހަވާލު ކުރެވޭ ނަމަ، ގާސިމް އިބްރާހިމާ ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް. އަދާލަތު، އިމްރާނާ ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެ ޕާޓީގެ ރައީސަކަށް ވާން ޖެހޭނީ ޕީޕީއެމްގެ އާންމު މެމްބަރަކަށެވެ. އަދި މައުމޫން ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއެމުން ވަކި ކުރެވިފައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް
"އެހެންވީމަ، ރައީސް މައުމޫނާ ޕީޕީއެމާ އެއްވެސް ގުޅުމެއް ނޯންނާނެ. ގަބޫލެއް ނުކުރަން ޝަރުއީ ހަމަތަކުގެ މަތިން ރައީސް މައުމޫނާ ޕީޕީއެމް ހަވާލު ކުރެވޭނެ ގޮތެއް އޮންނާނެ ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި މައުމޫން އަބްދުލްގައްޔޫމާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލު ކުރީ ކޯޓުގެ ހުކުމާ އެއްގޮތަށެވެ.
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓަންޖެހޭ: މައުމޫން
"މައުމޫނަކީ ފަނާކުރަނިވި ފިކުރުގެ ބޭފުޅެއް"
ޕީޕީއެމްގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ ނުކުރައްވާ
މައުމޫން ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި
"އިންތިހާބު ފަސްކުރުމުން ގާނޫނީ ހުސްކަމެއް އަންނާނެ"
"މި ފެންނަނީ އަމަލުކުރާނެ ގޮތުގެ ކުޑަ މިންވަރެއް"
މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައެއް ނުގަތް
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ޕީޕީއެމްގެ ބާނީއަކީ ރައީސް ޔާމީން: އަބްދުއްރަހީމް
މައުމޫން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް