Roadha Mihaaru
ފައިސާގެ މުއާމަލާތް ކުރެވޭ ޕާސްޕޯޓް ކާޑު ތައާރަފްކުރަނީ

ރާއްޖޭން ބޭރުގައި ފައިސާގެ މުއާމަލާތް ކުރެވޭ ޕާސްޕޯޓް ކާޑެއް ބީއެމްއެލްއިން ތައާރަފް ކުރަނީ

11 އޯގަސްޓް 2016

ރާއްޖޭން ބޭރުގައި ފައިސާގެ މުއާމަލާތް ކުރެވޭ ޕާސްޕޯޓް ކާޑެއް އިމިގްރޭޝަނާ ތައާރަފް ކުރަން ނިންމައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭން ބޭރުގައި ފައިސާގެ މުއާމަލާތް ކުރެވޭ ޕާސްޕޯޓް ކާޑެއް އިމިގްރޭޝަނާ ތައާރަފް ކުރަން ނިންމައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޕާސްޕޯޓް ކާޑުން، ރާއްޖޭން ބޭރުގައި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދައްކައި އޭޓީއެމްއިން ފައިސާ ނެގޭނެ އެވެ. އަދި ޕާސްޕޯޓްގެ ބަދަލުގައި ގެންގުޅޭނެ ރަސްމީ ލިޔުމެއްގެ ގޮތުގައި ވެސް މި ކާޑު ބޭނުން ކުރެވޭނެ ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ބައިނަލްއަގުވާމީކޮށް ބޭނުންކުރެވޭ ޕާސްޕޯޓް ކާޑު ފައިސާ ޖަމާކުރެވޭ ޕްރީޕެއިޑް ކާޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އެ ގޮތުން ޕީއޯއެސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ކާޑު ރާއްޖޭން ބޭރުގައި ބޭނުން ކުރުމަކީ ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތް ކުރުމަށް ލިބޭ ވަސީލަތަކަށް ވެގެން ދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އިމިގްރޭޝަނާ ގުޅިގެން އަލަށް ތައާރަފްކުރާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރެވޭ ނިޒާމެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭން ބޭރަށްދާ ގިނަ ދަތުރުވެރިން މިދަނީ ލުއި ފަސޭހަކަމާއި ރައްކާތެރިކަމާ އެކު އަޅުގަނޑުމެން ކާޑުގެ ހިދުމަތް ބޭނުން ކުރަމުން. ޕާސްޕޯޓު ކާޑު މެދުވެރިކޮށް މިފަދަ މުހިންމު ހިދުމަތެއް ދެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަރީފް ވިދާޅުވި އެވެ.