Roadha Mihaaru
އަހުމަދިއްޔާ ސްކޫލުން އެންމެމޮޅު 3 ދަރިވަރުން ހޮވައިފި

އަހުމަދިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ތިން ދަރިވަރުން

21 އޮކްޓޯބަރ 2018

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން، މިދިޔަ އަހަރު އެންމެ މޮޅު ތިން ދަރިވަރުން ރޭ ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން، މިދިޔަ އަހަރު އެންމެ މޮޅު ތިން ދަރިވަރުން ރޭ ހޮވައިފި އެވެ.

މިދިޔަ އަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރަކަށް ހޮވާފައިވަނީ ސާރާ އިބްރާހިމެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރަަކަށް އާމިނަތު ސަރާ ހޮވާފައިވާއިރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރަކީ މަރިޔަމް މާވީން މުސްތަފާ އެވެ.

ސާރާ ވަނީ ފަސް މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ ދިހެއްގެ އެއްވަނަ ހޯދައިފި އެވެ. ސަރާ އަށް ގައުމީ ގަދަ ދިހެއްގެ ދެ ވަނަ ލިބުނުއިރު މާވީނަށް އޯ ލެވެލް އިން މުޅި ރާއްޖެއިން ވަނީ ފަސް ވަނަ ލިބިފަ އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އެއް ވަނަ ހޯދި ސަރާ، ޑރ. އިބްރާހިމް ހަސަން (ވ) އަދި އެ ސްކޫލުގެ ޕްރިންސިޕަލް ރަޝީދާއެކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

މިދިޔަ އަހަރު އަހުމަދިއްޔާ ސްކޫލުން 578 ދަރިވަރުން އޭ ލެވެލް ހެދި އެވެ. އޭގެ ތެރެއިން މެއި/ޖޫން މަހު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ. އޮކްޓޯބަރު/ނޮވެމްބަރުގައި ގައުމީ ގަދަ ދިހެއްގައި 16 ދަރިވަރުން ވަނީ ހިމެނިފަ އެވެ.

އޯލެވެލް އިމްތިހާނުގައި 218 ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން ފަސް މާއްދާއިން 197 ދަރިވަރުން ވަނީ ފާސްވެފަ އެވެ. ގައުމީ ގަދަ ދިހެއްގައި 32 ދަރިވަރުން އަދި ދުނިޔޭގެ ގަދަ ދިހއްގައި ތިން ދަރިވަރުން ހިމެނިފައި ވެ އެވެ.

މެއި/ޖޫން މަހު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އެއްވަނަ ހޯދި ސާރާއަށް، ޑރ. އިބްރާހިމް ހަސަން އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

މެއި/ޖޫން މަހު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އެއްވަނަ ހޯދި ސާރާއަށް، ޑރ. އިބްރާހިމް ހަސަން އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުުވީ ގޮންޖެހުންތަކާ އެކު ނަމަވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާއަކީ ކޮބައިކަން ދެގެނަގެން މަސައްކަތްކުރުމަކީ މުހިއްމުކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަހުމަދިއްޔާ ސްކޫލު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

އަހުަމަދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

އަހުަމަދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކުރީގެ ހަޔަ އެޑިއުކޭޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދަރިވަރުން ހޯދާ ކޮންމެ ކާމިޔާބީއަކީ ޓީޗަރުންނަށް ވެސް ވަރަށް މުހިއްމު ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާ ވަނީ އިލްމީ ވާހަކަ ދެއްކުން އިތުރުކުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ތަފާތު އެކި ވަނަތައް ހާސިލްކުރި 400 އަށްވުރެ ގިނަ ދަރިވަރުންނަށް ރޭ ވަނީ އިނާމު ދީފަ އެވެ.