Roadha Mihaaru
"ސްނައިޕާ" އަށް ބޮޑެތި އަނިޔާތަކެއް ދިން: އެމްނެސްޓީ

ލަންކާގެ "ސްނައިޕާ" އަށް ބޮޑެތި އަނިޔާތަކެއް ދިން: އެމްނެސްޓީ

30 އޮކްޓޯބަރ 2018

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަވަހާރަ ކޮށްލަން ރާއްޖެ އައުމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ލަހިރު މަޑޫޝަންކަރު ނަމަކަށް ކިޔާ ސްރީލަންކާ މީހާ އަށް ރާއްޖޭގައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތު ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަވަހާރަ ކޮށްލަން ރާއްޖެ އައުމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ލަހިރު މަޑޫޝަންކަރު ނަމަކަށް ކިޔާ ސްރީލަންކާ މީހާ އަށް ރާއްޖޭގައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތު ކޮށްފި އެވެ.

"ޕްރިޒަނާ އިން ޕެރަޑައިސް" ގެ ނަމުގައި އެމްނެސްޓީން އާންމުކޮށްފައިވާ ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ތަހުގީގުގައި ދިން އަނިތާތަކެއްގެ ސަބަބުން މަޑޫޝަންކަރުގެ އެއް ކަންފަތުގެ އަޑުއިވުން ވެސް ވަގުތީ ގޮތުން ގެއްލުނެވެ. އޭނާގެ ވަކީލާއި އާއިލާ އިން ދިން މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރިތާ ފަސް ދުވަސް ފަހުން ފުލުހުންގެ މައި މަރުކަޒަށް ގެންގޮސް، ހޭ ނެތެންދެން އޭނާގެ ގައިގައި ތެޅި ކަމަށެވެ. ތަހުގީގުގައި އޭނާގެ ގައިގައި ކޭބަލަކުން ތެޅި ކަމަށާއި މޫނަށް ޕިންތަކެއް ހެރި ކަމަށް ވެސް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.

މަޑޫޝަންކަރަށް ފުލުހުން ދިން ކަމަށް އާއިލާ އިން ތުހުމަތުކުރާ އަނިޔާތަކުގެ ތަފުސީލަށް ފަހު ރިޕޯޓުގައި ބުނެފައި ވަނީ އެ ކަންތައްްތަކާ މެދު އެމްނެސްޓީން ކަންބޮޑުވާ ކަމަށެެވެ.

އިންސާނީ ހައްގުތައް ލިބިދޭ ގޮތަށް މަޑޫޝަންކަރުގެ ބަންދުގެ ހާލަތު ބަދަލު ކޮށްދިނުމަށް އެމްނެސްޓީން ވަނީ ފުލުހުންނަށާއި ކަރެކްޝަނަލް ސާވިސް އަށް ގޮވާލައިފަ އެވެ. އަދި އޭނާ އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ގޮވާލާފައިވެ އެވެ.

"މި ތުހުމަތުތައް ތަހުގީގުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަށް ގޮވާލަމެވެ،" ރިޕޯޓުގައިވެ އެވެ.

އެމްނެސްޓީގެ މި ރިޕޯޓާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.