އިންޑިއާގެ ހައިދަރުއާބާދުގައި އުޅޭ 11 އަހަރުގެ މުހައްމަދު ހަސަން އަލީއަކީ އާދަޔާ ޚިލާފު ކުއްޖެކެވެ. އޭނާ އަށް ލިބިފައިވާ ވިސްނުން ތޫނުކަމާއި ކަންކަން ދަސްކުރުމުގެ ބާރުގެ ތެރެއިން މިހާރު އަންނަނީ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުންނެވެ.
03 ނޮވެމްބަރ 2018
އިންޑިއާގެ ހައިދަރުއާބާދުގައި އުޅޭ 11 އަހަރުގެ މުހައްމަދު ހަސަން އަލީއަކީ އާދަޔާ ޚިލާފު ކުއްޖެކެވެ. އޭނާ އަށް ލިބިފައިވާ ވިސްނުން ތޫނުކަމާއި ކަންކަން ދަސްކުރުމުގެ ބާރުގެ ތެރެއިން މިހާރު އަންނަނީ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުންނެވެ.
ގްރޭޑް 7 ގައި ކިޔަވަމުން އަންނަ މުހައްމަދު ކިޔަވައިދެނީ އާދައިގެ މާއްދާތަކެއް ވެސް ނޫނެވެ. އަދި ޕްރައިމީ ކުލާސްތަކެއްގައެއް ވެސް ނޫނެވެ.
އޭނާ ކިޔަވައި ދެނީ ބީޓެކުން މާސްޓާޑާޒް އާއި ޑިގްރީ އަށް ކިޔަވާ އޭނާ ވުރެ އަށް އުމުރުން އެތައް އަހަރެއް ދޮށީ ދަރިވަރުންތަކަކަށެވެ. މުހައްމަދު ހާއްސަވެފައި ވަނީ ސިވިލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރިން އެވެ. އޭނާ ބުނި ގޮތުގައި އިންޖިނިއަރިން ދަސްކުރީ އިންޓަނެޓްގެ ޒަރީރާއިންނެވެ. އަދި އޭނާ އެ ދާއިރާ އަށް މިހާރު ވަރަށް ބޮޑަށް ހާއްސަވެފައިވާ ކަމަށް ބުންޏެވެ.
"ކިޔަވައި ދިނުމަކީ އަހަރެންގެ ލެއާ ގުޅިފައިވާ ކަމެއް. މިއީ އާއިލާގެ ތެރޭގައި ޒަމާނުއްސުރެ ވެސް ކުރަމުން އަންނަ މަސައްކަތެއް. އަދި މިއީ ކޮންމެ ދުވަހަކު ވެސް އަހަރެން އަދާކުރާ ވަޒީފާއެއް. މިހާރު އަހަރެއްހާ ދުވަސްވެއްޖެ ކިޔަވައިދޭތާ،" އޭޝިއަން ނިއުސް އިންޓަނެޝަނަލް އަށް މުހައްމަދު ބުންޏެވެ.
Hyderabad: Mohammed Hassan Ali, a class 7 student teaches designing & drafting to 30 civil, mechanical & electrical engineering students, says, 'I've been teaching for the last 1 year. Internet is my learning resource. I don't charge fees as I want to do something for my country" pic.twitter.com/6m4ii5AVwH
— ANI (@ANI) October 31, 2018
އަނީގެ ޓްވިޓެއް.
އޭނާ ބުނި ގޮތުގައި ކިޔަވައިދިނުމަކީ ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކުރާ ކަމެކެވެ. އެހެންވެ މިކަމަކަށް އޭނާ އެއްވެސް އުޖޫރައެއް ވެސް ނުނަގަ އެވެ.
"އަމާޒަކީ ދެހާސް ވިހި ނިމިގެންދާ އިރު މަދުވެގެން ހާހެެއްހާ ދަރިވަރުންނަށް ކިޔަވައި ދިނުން،" މުހައްމަދު ބުންޏެވެ. "މިއީ އަހަރެން ގައުމަށްޓަކައި ކުރާ ހިދުމަތެއް. ޒުވާނުންތަކެއް ބިނާކުރަން ކުރާ މަސައްކަތެއް. އަދި އަހަރެންގެ މައިންބަފައިންގެ ސަޕޯޓް ވެސް ވަރަށް ބޮޑު."
އޭނާ ބުނި ގޮތުގައި ކިޔަވައި ދިނުމަކީ ކޮންމެ ދުވަހުގެ މަސައްކަތަކަށްވާތީ ދުވަހުގެ ތާވަލު އަބަދު ވެސް އޮންނަނީ ރާވައިފަ އެވެ. ފަހުން އެއްވެސް ކަމެއް ކުރާކަށް އޭނާ ނުބަހައްޓަ އެވެ.
"ހެނދުނު އަށްގަޑި ބައިގައި ސްކޫލަށް ގޮސްފައި ނިމޭނީ ތިނެއް ޖަހާއިރު. ދެން ގެއަށް ގޮސްފައި ކުޅެލާ ހަދާލައި، އިތުރު ހަރަކާތެއް އޮތް ނަމަ އެކަމެއް ވެސް ނިންމާފައި ހޯމްވާކް ހެދުމަށް ފަހު، ހަޔަކުން އޮންނާނީ ބީޓެކް ކޯޗިން އިންސްޓިޓިއުޓްގައި ކިޔަވައިދިނުން،" މުހައްމަދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިންޖިނިއަރިން ކިޔައިވައި ދޭން ބޭނުންވީ އެ ދާއިރާ އިން ކިޔަވާ އިންޑިއާގެ ޒުވާނުންގެ މެދުގައި ޓެކްނިލް އަދި ކޮމިއުނިކޭޝަންހެ ހުނަރު ދަށްކަން ފާހަގަ ކުރެވިގެންނެވެ.
"އިންޖިނިއަރުން ހަދާފައި ރަނގަޅު ވަޒިފާއެއް ނުލިބިގެން އުޅޭ ޒުވާނުންގެ ވާހަކަތައް ވަރަށް ގިނައިން ފެނޭ އިންޓަނެޓުން،" މުހައްމަދު ބުންޏެވެ. "ބޮޑަށް އެގޮތަށް ދިމާވަނީ އެ މީހުންގެ ކިބައިގައި ޓެކްނިކަލް އަދި ކޮމިއުނިކޭޝަން ސްކިލް ދަށްވެގެން. އަހަރެން މިކޮށްދޭ ކަމަކީ އެކަން އިމްޕުރޫވްކޮށް ދިނުން."
މުހައްމަދު ކިޔައިވައިދޭ ކުލާހެއްގެ ދަރިވަރެއް ކަމަށްވާ ސިވިލް އިންޖިނިއަރު ޖީ ސުޝްމާ ބުނި ގޮތުގައި މުހައްމަދަކީ ޅަ ކުއްޖަކަސް ފިސާރި ކުޅަދާނަ ޓީޗަރެކެވެ.
"އަހަރެން މި ކުލާހާ ޖޮއިން ކުރިތާ ދޮޅު މަހުގެ ތެރޭގައި ސިވިލް ސޮފްޓްވެއާ ދަސްވެއްޖެ. ހަގީގަތުގައި މުހައްމަދަކީ އުނގަންނައި ދިނުމުގައި ހަމަ ލާމަސީލު ޓީޗަރެއް،" އޭނާ ބުންޏެވެ. "މީގައި އޭނާގެ އުމުރަކީ މުހިއްމު އެއްޗެއް ނޫން."
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ފަގީރު ކުއްޖެއްގެއަތުން 120،000 އަށް 12 އަނބު
"އިންޑިއާ ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން"
އިނާމުގެ މިލިއަން ޑޮލަރުން 50 ޕަސެންޓް ބަހާލައިފި
ހިސާބު ކިޔަވައިދިނުމުގައި ބައި ގަރުނު، ހޯމްވޯކާ ދެކޮޅު
އިންޑިއާގައި އެއް ޓީޗަރަކު 25 ސްކޫލްގައި!
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ނުވަ އަހަރުގެ ކުއްޖަކު ބުލީއާ ދެކޮޅު އެޕެއް ހަދައިފި
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
އިންޑިއާގައި ޓީޗަރަކު ނެށުމުން ބޮޑު މައްސަލައަކަށް