ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
12 ފެބުރުއަރީ 2020
ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
ކިޔަވައިދޭ ކުދިންތަކަކާ ބެހުނު ކަމުގެ ތުހުމަތަށް ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން، ފުރަތަމަ ޓީޗަރު އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑްކުރީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. މި މައްސަލައިގެ ތެރެއިން އިތުރު ދެ ޓީޗަރެއްގެ މައްސަލަ ފެންމަތިވުމުން، އެޑިއުކޭޝަން މިނސްޓްރީން އެ ދެ މީހުން ވެސް އިއްޔެ ސަސްޕެންޑް ކުރި އެވެ.
މި ޓީޗަރުން ނިސްބަތްވާ ސްކޫލުން މިކަން ކަށަވަރުކޮށްދެ އެވެ. އެއީ ކޮން ސްކޫލެއް ކަން "މިހާރު" އަށް އެނގުނު ނަމަވެސް އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ ކުދިންގެ ރައްކާތެރިކަމަށްޓަކައި ނަން ނުހިމެނީ އެވެ.
ފުލުހުންނަށް ހުށަހަޅައި މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް ތުހުމަތު ކުރެވޭ ތިން ފިރިހެނުން އަދި ހައްޔަރެއް ނުކުރެ އެވެ. އެ ތިން މީހުންނަށް ކުރަނީ ތަފާތު އެކި ފަހަރު މަތިން ކުދިންތަކަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތެވެ.
އެ ސްކޫލުން ވާހަކަ ދެއްކެވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ކުދިންތަކަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަން ފެށުމުން، އަނެއް ދެ ޓީޗަރުންނާ ގުޅޭ ގޮތުން ފެންމަތިވި ތުހުމަތުތަކާ އެކު، ސްކޫލުން އަޅަންވީ ފިޔަވަޅުތަކާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަށް ރަސްމީކޮށް ސިޓީ ފޮނުވި އެވެ.
"މިނިސްޓްރީން އިއްޔެ ދެ ޓީޗަރަކު ސަސްޕެންޑްކޮށް އަޅުގަނޑުމެންނަށް އެންގީމާ، ސިޓީ ހަވާލުކޮށްފައި ވާނީ،" އޭނާ ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ތުހުމަތަށް ތިން ޓީޗަރަކު ހައްޔަރުކޮށްފައިވާ އިރު، އުމުރުން ދެ އަހަރު ނުފުރޭ ކުއްޖަކު މިދިޔަ މަހުގެ ތެރޭގައި އަމިއްލަ އާއިލާގެ ތެރެއިން ޖިންސީ ޝިކާރަައަކަށް ވި މައްސަލައާ އެކު، މިފަދަ ގިނަ ކަންކަން މިހާރު ވަނީ ފެންމަތިވެފަ އެވެ. މި މައްސަލަތަކުގައި އިންސާފަށް ވާސިލް ނުވެވޭ ކަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓުން އެނގެ އެވެ.
ޖިންސީ ޝިކާރައަކަށް ވެ އިންސާފުން މަހްރޫމް ވެފައިވާ ކުދިންގެ އަދަދާއި ތުހުމަތު ކުރެވޭ މީހުން މިނިވަންވެ، ނުރައްކަލަކަށް ހުށަހެޅިފައިވާ އެތައް ކުދިން ތިބި ކަން އެ ރިޕޯޓުގައި އޮތީ ފެންނާށެވެ.
ކަމާ ގުޅުން ހުރި މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތު އާއްމުންނަށް ތިލަކޮށްދިން އެ ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީގޯނާގެ 3،135 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، (ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް) ފޮނުވީ 1،220 މައްސަލަ އެވެ. މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،146 މައްސަލަ އެކެވެ. ބާކީ ހުރި ގިނަ މައްސަލަތަކުގައި އިންސާފު ނުލިބި ފެންނަން އޮތީ މުއައްސަސާތަކުގެ އިހުމާލެވެ!
އެ ރިޕޯޓުގައިވާ ގޮތުން މީގެ ތެރެއިން ކޯޓުތަކުން ޝަރީއަތް ނިންމި 1،085 މައްސަލައިގެ ތެރެއިން ކުށް ސާބިތުވީ 391 މައްސަލައެއްގަ އެވެ. އެއީ ޝަރީއަތް ކުރި މައްސަލަތަކުގެ 36 ޕަސެންޓެވެ. އަނެއް 492 މައްސަލައިގައި ކުށް ސާބިތެއް ނުވެ އެވެ.
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ގޭންގް ރޭޕްގެ ތުހުމަތަށް 4 މީހަކު ހައްޔަރުކޮށްފި
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި
އަވަށްޓެރިން ބިރެއްގައި: ކުދިންނަށް ބަހަނީ ފައިސާ!
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!