ސްކޫލެއްގެ ފިރިހެން ދަރިވަރަކު ގްރޫމްކުރި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.
24 ފެބުރުއަރީ 2025
ސްކޫލެއްގެ ފިރިހެން ދަރިވަރަކު ގްރޫމްކުރި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.
އެ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލަ ޕޮލިހަށް ހުށަހެޅީ މިދިޔަ މަހުގެ 21ގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޓީޗަރު ކިޔަވައިދޭ ސްކޫލުން މައްސަލަ ބެލުމަށް ފަހު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ކުއްޖާގެ ބެލެނިވެރިޔާ ވަނީ މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ. އެހެންވެ މިނިސްޓްރީން ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގްރޫމްކުރުމަކީ ޖިންސީ ގޯނާގެ އަމަލެއް ހިންގަން އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެ ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމެވެ.
އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ގްރޫމްކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، މިދިޔަ އަހަރު ވަނީ ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ޓީޗަރަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ކުއްޖަކު ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމްކުރުމުގެ ކުށްކުރަނީ އެ ކުއްޖާ އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ކުދިންތަކަކާ ބެހުނުކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
އިތުރަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި