Roadha Mihaaru
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި

ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

14 އޯގަސްޓް 2016

ނިއު ޔޯކް (އޮގަސްޓް 14) - އެމެރިކާގެ ނިއު ޔޯކުގެ ކްއީންސް އަވަށުގެ މަގެއްގެ މަތިން އިމާމަކާއި އޭނާގެ އެހީތެރިޔާ ހިނގާފައި ދަނިކޮށް ބަޑި ޖަހާ މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (އޮގަސްޓް 14) - އެމެރިކާގެ ނިއު ޔޯކުގެ ކްއީންސް އަވަށުގެ މަގެއްގެ މަތިން އިމާމަކާއި އޭނާގެ އެހީތެރިޔާ ހިނގާފައި ދަނިކޮށް ބަޑި ޖަހާ މަރާލައިފި އެވެ.

ދެ މީހުންގެ ބޮލަށް ބަޑިޖަހާފައި ވަނީ ފަހަތުން އައި މީހެއް ކަމަށް ފުލުހުންގެ ތަރުޖަމަނާކު ބުންޏެވެ. ނިއު ޔޯކުގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 55 އަހަރުގެ އިމާމް މައުލާނާ އަކޮންޖީ އަކީ މީގެ ދެ އަހަރު ކުރިން ބަންގްލަދޭޝް އިން ހިޖުރަ ކުރި މީހެކެވެ.

ފުލުހުން ބުނީ އިމާމް ބޮލަށް ބަޑިޖަހާ މަރާލީ އެ މީހުންގެ ދީނީ އަގީދާގެ ސަބަބުން ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ފެންނަން ނެތް ކަމަށެވެ. އަދި ހަމަލާ ދިން އޯޒޯން ޕާކު ސަރަހައްދުން ބަޑި ހިފައިގެން ހުރި މީހަކު ދިޔަ ތަން ބައެއް މީހުންނަށް ފެނިފައިވާ ކަމަށާއި އެކަމަކު އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އިމާމް އަކޮންޖީ ގަޔަށް ބަޑި ޖެހިތަނުގައި ވަނީ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށާފައި. --ފޮޓޯ:ރޮއިޓާސް

އިމާމް އަކޮންޖީ ގަޔަށް ބަޑި ޖެހިތަނުގައި ވަނީ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށާފައި. --ފޮޓޯ:ރޮއިޓާސް

އިމާމް އަކޮންޖީ އާއި އޭނާގެ އެހީތެރިޔާ ތާރާއުއްދީން، 64، ބޮލަށް ބަޑި ޖަހާ މަރާލީ އަލް ފުރުގާން ޖާމް މިސްކިތުން އިއްޔެ މެންދުރު ހިނގާލާފައި ދަނިކޮށެވެ. އިމާމުގެ ރަހުމަތްތެރިން ބުނީ އޭނާ ގަޔަށް ބަޑި ޖެހީ މެންދުރު ނަމާދަށް ފަހު ހިނގާފައި ދަނިކޮށް ކަމަށެވެ. މިއީ ނިއު ޔޯކުގައި އުޅޭ ބަންގްލަދޭޝް މީހުން ގިނަ އަދަދަކަށް ނަމާދަށް އަރާ މިސްކިތެކެވެ.

އިމާމް އަކޮންޖީގެ ތިމާގެ މީހަކު ނިއު ޔޯކް ޑެއިލީ ނިއުސް އަށް ބުނީ އަކޮންޖީ އަކީ ކުޑަނަމަވެސް މީހަކަށް ގެއްލުމެއް ދޭނެ މީހެއް ނޫން ކަމަށެވެ. އިމާމަށް ދިން ހަމަލާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އިންސާފު ބޭނުންވާ ކަމަށް ބުނެފަ އެވެ. އިހްތިޖާޖުގައި ބައިވެރިވި މީހުން ބުނެފައި ވަނީ މިއީ "ދެކޮޅުވެރިކަމުގެ ހަމަލާއެއް" ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރާތީ ވަކިއެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

އިމާމު މަރާލުމާ ގުޅިގެން ނިއު ޔޯކުގައި އުޅޭ ބަންގްލަދޭޝްގެ މުސްލިމުން ދަނީ ހިތްހަމަޖެހުން ފާޅު ކުރަމުން. --ފޮޓޯ:ރޮއިޓާސް

އިމާމު މަރާލުމާ ގުޅިގެން ނިއު ޔޯކުގައި އުޅޭ ބަންގްލަދޭޝްގެ މުސްލިމުން ދަނީ ހިތްހަމަޖެހުން ފާޅު ކުރަމުން. --ފޮޓޯ:ރޮއިޓާސް

އަލް ފުރުގާން މިސްކިތަށް ގޮސް އުޅޭ މިލާތުއްދީން ބުނީ އެ މީހުންގެ ކުރިމަގަށް ވެސް މިހާރު ބިރުވެރިކަން ކުރިމަތިވެއްޖެ ކަމަށާއި އެ މީހުން ހިނގާބިނގާވެ އުޅުން ވެސް ބޮޑު ބިރަކަށް ވެއްޖެ ކަމަށެވެ.