Roadha Mihaaru
ޓެކްސަސްގައި ބަޑިޖަހައި 20 މީހުން މަރާލައިފި

ޓެކްސަސްގައި ބަޑިޖަހައި 20 މީހުން މަރާލައިފި

04 އޯގަސްޓް 2019

ޓެކްސަސް (އޮގަސްޓް 4) - އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯ ސިޓީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 20 މީހުން މަރުވެ 26 މީހުން ޒަޚަމްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓެކްސަސް (އޮގަސްޓް 4) - އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯ ސިޓީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 20 މީހުން މަރުވެ 26 މީހުން ޒަޚަމްވެއްޖެ އެވެ.

ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ މިއީ ޓެކްސަސްގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާ އެއް ހަމަލާ ކަމަށެވެ. ހަމަލާ ދިނީ އެމެރިކާ އާއި މެކްސިކޯ ބޯޑަރާ މާ ދުރުނޫން ހިސާބެއްގައިވާ ވޮލްމާޓް ފިހާރައެއްގަ އެވެ. ބަޑީގެ ހަމަލާތަކާ ގުޅިގެން 21 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމެރިކާގެ މީޑިއާތަކުން ބުނެފައި ވަނީ އެ މީހާގެ ނަމަކީ ޕެޓްރިކް ކްރަސިއަސް ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޓެކްސަސްގައި ހިންގީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ.

ބަޑި ޖެހި މީހާ ބަޑިހިފައިގެން ފިހާރައަށް ވަންނަނިކޮށް ނަގާފައިވާ ސީސީޓީވީގެ މަންޒަރެއް. --ފޮޓޯ:އޭއެފްޕީ

ބަޑި ޖެހި މީހާ ބަޑިހިފައިގެން ފިހާރައަށް ވަންނަނިކޮށް ނަގާފައިވާ ސީސީޓީވީގެ މަންޒަރެއް. --ފޮޓޯ:އޭއެފްޕީ

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި މެކްސިކޯ މީހުން ވެސް ހިމެނެ އެވެ.

ޓެކްސަސްގައި ހަމަލާދީފައި މިވަނީ ކެލިފޯނިއާގެ ކާބޯތަކެތީގެ ފެސްޓިވަލެއްގައި ޒުވާން ކުއްޖަކު ބަޑިޖަހައި ތިން މީހުން މަރާލިތާ ހަފުތާއެއް ނުވަނީސް އެވެ.

ވޮލްމާޓުގެ ފިހާރައިގެ ތެރޭގައި ހަމަލާ ދިން އިރު ގިނަ ބަޔަކު ދިޔައީ ސްކޫލަށް ބޭނުންވާ ތަކެތި ހޯދަން ބާޒާރު ކުރަމުންނެވެ.

"ބަޑީގެ ހަމަލާގެ އަޑު އިވުމާ އެކު މީހުން ދިޔައީ ބިންމަތީގައި އޮށޯންނަމުން. އަހަރެންނާއި ފިރިމީހާ ގޮސް ވަނީ ސްޓޮކް ރޫމަށް،" ހަމަލާ ދިން އިރު ފިހާރަތެރޭގައި ހުރި ކިއާނާ ލޯންގް ނަމަކަށް ކިޔާ މީހަކު ބުންޏެވެ.