ސެމްސަންގް ގެލަކްސީ އެސް10 އާ ބެހޭ ގޮތުން ދެކެވެނީ އުންމީދީ ވާހަކަތަކެވެ. ސްމާޓްފޯން މާކެޓަށް އާ ޓެކްނޮޖީ ތައާރުފުކުރަން ސެމްސަންގް އުޅޭ ވާހަކަ އެވެ. މާނަ އަކީ، ސްމާޓްފޯނަކުން މީގެ ކުރިން ފެނިފައި ނެތް ޓެކްނޮލޮޖީތަކެއް، ގެލަކްސީ އެސް10 ގައި ހިމަނާނެ ކަމެވެ.
05 ނޮވެމްބަރ 2018
ސެމްސަންގް ގެލަކްސީ އެސް10 އާ ބެހޭ ގޮތުން ދެކެވެނީ އުންމީދީ ވާހަކަތަކެވެ. ސްމާޓްފޯން މާކެޓަށް އާ ޓެކްނޮޖީ ތައާރުފުކުރަން ސެމްސަންގް އުޅޭ ވާހަކަ އެވެ. މާނަ އަކީ، ސްމާޓްފޯނަކުން މީގެ ކުރިން ފެނިފައި ނެތް ޓެކްނޮލޮޖީތަކެއް، ގެލަކްސީ އެސް10 ގައި ހިމަނާނެ ކަމެވެ.
ސްމާޓްފޯނުތަކުގައި މިހާރު ބޭނުންކުރެވޭ "އޮޕްޓިކަލް ފިންގާޕްރިންޓް ސްކޭނާ"ތަކަށް ވުރެ، "އަލްޓްރާސޮނިކް ފިންގާޕްރިންޓް ސްކޭނާ"ތައް ފުރިހަމަ ކަމަށް ބުނެވެ އެވެ. މި ތަނުގައި ފުރިހަމަ ކަމަށް ސިފަކޮށްފައި ވަނީ ސްކޭނަރުން ކުރާ މަސައްކަތްތައް ހަލުވި މިންވަރު ދޭހަކޮށްދިނުމަށެވެ.
އެސް10 ގައި މުޅިން އާ ޓެކްނޮލޮޖީ ހިމަނާ ސަބަބަކީ، އެއީ ސެމްސަންގުން ފަށައިގަންނަ އާ ބާބެއް ގޮތުގައި ހެދުމަށް ކަމަށް ބުނެވެ އެވެ. އެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، އަލްޓްރާސޮނިކް ފިންގާޕްރިންޓް ސްކޭނާ އަދި އެސް10ގެ ސްކްރީން ޓެކްނޮލޮޖީ އެވެ.
ގެލަކްސީ އެސް10 ގައި ފިންގާޕްރިންޓް ސްކޭނާ އިންނަ ތަން ކަމަށް ބުނެވެނީ ޑިސްޕްލޭގެ ދަށެވެ. "އޮޕްޓިކަލް" ސްކޭނިން ދޫކޮށް "އަލްޓްރާސޮނިކް" ސްކޭނިން އަށް ބަދަލުކުރި ސަބަބަކީ، ޑިސްޕްލޭގެ ބޮޑު ބަޔަކުން ސްކޭންކުރެވޭ ގޮތް ހެދުމަށެވެ. އެ ގޮތުގައި ހަމަ ސީދާ ސްކޭނަރުގައި އިނގިލި ނުޖެއްސި ނަމަވެސް، އިނގިލީގެ ނިޝާން ދެނެގަނެވެ އެވެ.
އައިފޯނުތަކުން 3.5އެމްއެމް އޯޑިއޯ ޖެކް ނައްތާލުމަކީ އެޕަލް އިން މުޅިން އަލަށް ކުރި ކަމެވެ. އޭގެ ކުރިން އެއްވެސް ބަޔަކު އެކަން ކޮފައެއް ނުވެ އެވެ.
ސެމްސަންގުން މިހާރު ބޭނުންވަނީ ފޯނުގައި ކަންތަތްޖަހަން އިންނަ ސްޕީކަރު ނައްތާލާށެވެ. އޭގެ ބަދަލުގައި ސްކްރީންގައި ކަންފަތްޖެހުމުން އަޑުއިވޭ ގޮތަށް މިހާރު ވަނީ ހުރިހާ ކަމެއް ނިންމައި، ނަމޫނާ ވެސް ދައްކާފަ އެވެ. އެސް10 އަށް މި ޓެކްނޮލޮޖީ އަތުވެއްޖެ ނަމަ، އިންގިލާބީ ބަދަލަކަށް ވާނެ އެވެ.
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ
އެޕަލް އަދި ސެމްސަންގަށް އިޓަލީން ކުރާ ތުހުމަތު ތަފާތު
އައިފޯނަށް އޯލެޑް ޑިސްޕްލޭ
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ ހަލާކުވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12
އާ އައިފޯނަށް ސެމްސަންގުން "މޮޅު" މަލާމާތެއް