04 ނޮވެމްބަރ 2018
ނ. މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާތީ ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދެފި އެވެ.
ނ. މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާތީ ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "މިހާރު" އަށް ވިދާޅުވީ މަހްރީން ސަސްޕެންޑް ކުރުމަށް އެދިފައިވަނީ މާފަރު އެއާޕޯޓާ ގުޅިގެން ލިބުނު ޝަކުވާގެ މައްސަލައެއް ބަލަމުންދާތީ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ލުތުފީ ނުދެއްވަ އެވެ.
މަހްރީން ސަސްޕެންޑުކުރަން އެދިފައި ވިޔަސް މިހާތަނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ސަސްޕެންޑް ކުރިކަމެއް އެނގިފައެއް ނެތެވެ. ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މަހްރީން ސަސްޕެންޑްކޮށްފައިވާކަން މިވަގުތު ޔަގީންކޮށްދެވެން ނެތް ކަމަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުންނެވެ. މި އެއާޕޯޓް ހަދަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ސަރުކާރަށް ދިން 60 މިލިއަން ޑޮލަރު (927 މިލިއަން ރުފިޔާ) އިންނެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. މާފަރު އެއާޕޯޓަށް މިދިޔަ އޯގަސްޓް، 14ގައި، ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. އަދި މިއަހަރު ފަހު ކޮޅު މާފަރަށް ޝެޑިއުލް ފްލައިޓްތައް ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ބުނެފަ އެވެ.
މާފަރު އެއާޕޯޓް: ރައްޔިތުންގެ އުންމީދުތައް ފެނަށް!
ނިހާދު، އޭސީސީއަށް ގެންދާ މައްސަލައިގެ ކޮމިޓީ ސިއްރު
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ދީފި
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި
ޝަކީބުގެ މައްސަލަތަކެއް ބަލަން އޭސީސީން ސީއެސްސީއަށް
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރު ގޮވައިގެން ކޯޓަށް
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް
މާފަރު އެއާޕޯޓު މަޝްރޫއުގެ އޮޑިޓެއް ހަދަން ފަށައިފި