ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ޓީސީ ސްޕޯޓްސް ކްލަބް ފަސް ޕޮއިންޓުގެ ލީޑަކާ އެކު އޮތް ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލީގު ހޯދަން މާޒިޔާ ހިތްވަރުކުރާނެ ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
06 ނޮވެމްބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ޓީސީ ސްޕޯޓްސް ކްލަބް ފަސް ޕޮއިންޓުގެ ލީޑަކާ އެކު އޮތް ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލީގު ހޯދަން މާޒިޔާ ހިތްވަރުކުރާނެ ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ކޮންމެ ޓީމެއް ވެސް 12 މެޗު ކުޅުނުއިރު، ޓީސީ އެއް ވަނައިގައި އޮތީ 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އީގަލްސްގެ 26 ޕޮއިންޓް އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތީ 24 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
"މުބާރާތެއްގެ ވެއްޖިއްޔާ މާޒިޔާ ނުކުންނާނީ ތަށި ހޯދަން. ލީގެއް ވެއްޖިއްޔާ މާޒިޔާގެ އަމާޒަކީ ޓައިޓަލް. މިހާރު މި އޮތީ ދެ ވަނައިގައި ފުޓްބޯޅައިގައި ހަމަ ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ. އެހެންވީމަ އަޅުގަނޑުމެން ކުރާ މަސައްކަތެއް ހުއްޓައެއް ނުލާނަން. އިރާދަކުރެއްވިއްޔާ އެ ވިސްނުމުގައި ކުރިއަށްދާނީ،" ލީގުގައި އެންމެ ފަހުން ފ. ނިލަންދޫ އަތުން މޮޅުވި މެޗަށް ފަހު އިންމަ ބުންޏެވެ.
ގައުމީ ޓީމު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ހަތް ދުވަހަށް ލީގު މެދުކަނޑާލުމަށް ފަހު މާދަމާ އަލުން ފަށާނެ އެވެ. އެ އަށް ފަހު ކޮންމެ ޓީމެއް ދެ މެޗު ކުޅުމަށް ފަހު އަލުން ލީގު މެދުކަނޑާލާނީ ރިޔާސީ އާ ދައުރުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަނޑު ބޭނުންވާތީ އެވެ. އެ ކަމަށް ނުވަ ދުވަހަށް ލީގު މެދުކަނޑާލާނެ އެވެ.
މި ގޮތަށް ބްރޭކް އައުމަކީ އިންމަގެ ނަޒަރުގައި ގެއްލުމާއި ފައިދާ ވެސް ހުރި ކަމެކެވެ.
"އޭގެ އޮންނާނެ އެޑްވާންޓޭޖާއި ޑިސެޑްވާންޓޭޖާ. މިހާރު އެ ކިހިނެއް ކަމެއް ކަލްކިއުލޭޓްކުރާނީ ނޭނގޭ. ގާތްގަނޑަކަށް ހަތަރު ދުވަހުން ކަހަލަ ގޮތަކަށް މެޗު ކުޅެމުން ވިނިން މެންޓަލިޓީގައި މި އަންނަނީ. މިއީ އަޅުގަނޑުމެން މޮޅުވަމުން އަންނަތާ އަށް ވަނަ މެޗު. އައިސް އައިސް ހުއްޓާ ބްރޭކެއް އައީމަ ރަނގަޅެކޭ ވެސް ގޯހެކޭ ވެސް ނުބުނެވޭނެ. އަނބުރާ އަންނައިރު މި ވިސްނުން ހިފެހެއްޓޭތޯ މަސައްކަތްކުރާނަން،" އިންމަ ބުންޏެވެ.
ތިން އަހަރަށް ފަހު މިދިޔަ އަހަރު އިންމަ މާޒިޔާ އަށް އެނބުރި އައީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމު ދޫކޮށްލުމަށް ފަހު އެވެ. މި ނޮވެމްބަރު މަހު އެއް ވަނަ ދުވަހަށް މާޒިޔާގައި އިންމަ އެއް އަހަރުވެއްޖެ އެވެ. މިހާތަނަށް މާޒިޔާގައި އިންމަ ކުރަން ޖެހިފައިވަނީ ޗެލެންޖިން މަސައްކަތްތަކެކެވެ.
މިދިޔަ އަހަރު މާޒިޔާއާ ސީޒަންގެ ފަހުކޮޅުގައި ހަވާލުވުމަށް ފަހު އިންމަ އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. މުހިއްމު ކުޅުންތެރިން އަނިޔާގައި ހުރުމުން އިންމަ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އޭގެ ނަތީޖާ އަކަށްވީ ސީޒަނުގެ ފަހު ތިން މުބާރާތުގެ ދެ ވަނަ ވެސް މާޒިޔާ އަށް ނުލިބުނެވެ.
މި އަހަރު މާޒިޔާ އިން ރަނގަޅު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރި އެވެ. އެކަމަކު އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ އިން އެންމެ ބޭނުންވާނެ ނަތީޖާ ނުނެރެވުނެވެ. މި ފަަހަރުގެ މާލޭ ލީގު ކާމިޔާބުކުރީ ނިއު އެވެ. މާޒިޔާ ތިން ވަނައިގައި ނިންމާލިއިރު، އެއް ވަނައިގައި އޮތް ނިއުއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އޮތެވެ. އެހެންކަމުން އަލުން މާޒިޔާގެ އަސްލު މަގާމަށް ގެންދަން އިންމަ އަށް އޮތީ ޕްރިމިއާ ލީގުގައި ނަތީޖާ ނެރެން ޖެހިފަ އެވެ.
ލީގުގެ ރޭހަށް ބަލާއިރު މިހާރު އެންމެ ބޮޑަށް ޓީސީއާ ވާދަކުރާނެ ކަމަށް ބެލެވެނީ މާޒިޔާ އެވެ. ޖެހިޖެހިގެން އަށް މެޗުން މޮޅުވެ މާޒިޔާ ރަނގަޅު ފޯމެއްގައި އޮތްއިރު، އެ ޓީމަށް ބާކީ އޮތް ހަތަރު މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރެން އޮތީ މަޖުބޫރުވެފަ އެވެ.
ލީގުގައި އެންމެ އަވަހަށް ދެން ކުޅޭ މެޗުގައި މާދަމާ ހަވީރު ނިއު ކުޅޭނީ ނިލަންދޫއާ އެވެ. މާދަމާރޭ ޓީސީ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ އެވެ. ބުރާސްފަތި ދުވަހު ހަވީރު އީގަލްސް އާއި ފޯކައިދޫ ކުޅޭއިރު، އެރޭ މާޒިޔާ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.
މާޒިޔާގެ ޗެލެންޖް ވިޑަކޮވިޗަށް ފެންނަނީ ޝައުގުވެރިކޮށް
މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު
މާޒިޔާ-ނިއު އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޓީސީ އަށް
ފަހަތުގައި ވިއްދާފައި އޮވެ މާޒިޔާ ދެއްކީ ހިތްވަރު!
މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް
އަސަދުﷲގެ ހެޓްރިކުން މާޒިޔާ މަގާމް ދަމަހައްޓައިފި
މާޒިޔާ އަލުން ދެ ވަނަ އަށް
މާޒިޔާ މޮޅުވެ، ޓީސީއާ ގާތަށް ޖެހިލައިފި
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް