Roadha Mihaaru
ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް

ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް

07 ނޮވެމްބަރ 2018

ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި އެ ކުދިންގެ ގައިގައި ޖެހުމަކީ އެއް ދުވަސްވަރެއްގައި ވަރަށް އާންމު ކަމެއް ނަމަވެސް އެކަމުގައި ހުރި ގެއްލުންތައް އެނގި ހޭލުންތެރިކަން އިތުރުވަމުން އައި ވަރަކަށް އެކަން މަދުވެއްޖެ އެވެ. އެކަމަކު އަދިވެސް މިކަން އެބަ ހިނގަ އެވެ.

ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި އެ ކުދިންގެ ގައިގައި ޖެހުމަކީ އެއް ދުވަސްވަރެއްގައި ވަރަށް އާންމު ކަމެއް ނަމަވެސް އެކަމުގައި ހުރި ގެއްލުންތައް އެނގި ހޭލުންތެރިކަން އިތުރުވަމުން އައި ވަރަކަށް އެކަން މަދުވެއްޖެ އެވެ. އެކަމަކު އަދިވެސް މިކަން އެބަ ހިނގަ އެވެ.

ކުދިންގެ ގައިގައި ޖެހުމުގެ ނުރައްކާތެރިކަން އެނގޭތީ މިހާރު ގިނައީ އެކަމާ ދެކޮޅުހަދާ މީހުންނެވެ. ނަމަވެސް ކުޑަކުދިންގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ކަންކަން ދިރާސާކުރާ ތަޖުރިބާކާރުން އަނެއްވާސް މި ވަނީ ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ލިބޭ އަދަބުތައް ނުދިނުމަށް ހަނދާންކޮށްދީ އިންޒާރު ދީފަ އެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއޭޓްރިކްސް (އޭއޭޕީ) އިން ބުނީ ކުދިންގެ ގައިގައި ޖެހުމަކީ އެ ކުދިންގެ ސިކުނޑި އާދައިގެ ގޮތުގައި ހެދިބޮޑުވެ ތަރައްގީވުމަށް ނޭދޭވެ އަސަރުކުރާ އަދަބެއް ކަމަށެވެ.

ގައިގައި ޖެހުމުގެ އިތުރުން، ކުދިން ލަދުގަނެ މާބޮޑަށް ދެރަވާ ގޮތަށް އެއްޗެހި ބުނުމަކީ ވެސް ހަމަ މިގޮތަށް ސިކުނޑިއަށް ގެއްލުން ހުރި ކަމެއްކަން އޭއޭޕީގެ ޕޮލިސީ ސްޓޭޓްމަންޓެއްގެ އަޕްޑޭޓެއްގައި ބުނެފައިވެ އެވެ.

"ރަނގަޅު ކަމަކީ މިގޮތަށް ކުދިން ގައިގައި ޖެހުމަށް ތާއީދުކުރާ ބެލެނިވެރިންގެ އަދަދު މިހާރު މަދުކަން،" އެ ބަޔާނުގައި، ޑރ. ރޮބަޓް ސީގޭ ވިދާޅުވެފައިވެ އެވެ.

ރޮބަޓް ވިދާޅުވި ގޮތުގައި، ޖެހުމާއި ހަރުކަށި ބަސްތައް ބުނުމުން ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން، އެހެން ކުދިންނާ ގުޅިގެން އުޅެން ނޭނގުމާއި ކިޔެވުމަށް ދަށްވުމުގެ މައްސަލަ ކުރިމަތިވެ އެވެ. އޭނާ ވިދާޅުވީ އަނިޔާ ކުރުމާއި ބާރަށް އެއްޗެހި ގޮވުން ފަދަ ކަންކަމުގެ ސަބަބުން ކުއްޖާގެ ސްޓްރެސް ހޯމޯން އިތުރުވެ ސިކުނޑީގެ ސްޓްރަކްޗާ އަށް ގެއްލުންވާން ފަށަ އެވެ.

މިކަމާ ބެހޭ ގޮތުން ކުރި އެއް ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، އުމުރުން ތިން އަހަރުގައި، މަހަކު ދެ ފަހަރަށް ވުރެ ގިނައިން ޖަހައި އަނިޔާ ދޭ ކުއްޖެއް ނަމަ އެ ކުއްޖާގެ އުމުރުން ފަސް އަހަރު ވާއިރު އެއީ ހަރުކަށި ކުއްޖަކަށްވެ އެވެ. އަދި ނުވަ އަހަރު ވާއިރު ވެސް އެ މައްސަލަ ކުއްޖާގެ ކިބައިން ފެންނާނެ އެވެ.