Roadha Mihaaru

ހުޅުމާލޭގައި އިމާރާތްކުރާ އަކުއާ ވީޓާ އެޕާޓްމަންޓް އިފްތިތާހުކޮށްފި

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗުން ހުޅުމާލޭގައި ތަރައްގީ ކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސް، އަކުއާ ވީޓާ ރެސިޑެންސީގެ ޑިޒައިން ރޭ އިފްތިތާހުކޮށްފި އެވެ.

އަކުއާ ވީޓާ އެޕާޓްމަންޓް އިފްތިތާހުކޮށްފި
މުހައްމަދު ފައިޒާން އިސްމާއިލް
މުހައްމަދު ފައިޒާން އިސްމާއިލް

14 ނޮވެމްބަރ 2018

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗުން ހުޅުމާލޭގައި ތަރައްގީ ކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސް، އަކުއާ ވީޓާ ރެސިޑެންސީގެ ޑިޒައިން ރޭ އިފްތިތާހުކޮށްފި އެވެ.

ހުޅުމާލޭގައި ދުވާ ޓްރެކް އަޅާފައިވާ ދަނޑުގެ އުތުރު ފަރާތުގައި އޮތް ހުސް ބިމުގައި ހަދާ މި އެޕާޓްމަންޓްގެ ޑިޒައިން އާންމުކޮށް ދައްކާލެއްވީ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އެންޕީއެޗް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޕްރަސާން ލިއަނަގޭ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލިއަނަގޭ ވިދާޅުވީ އެ އެޕާޓްމަންޓްތަކުގެ ޑިޒައިން ފަރުމާކުރީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމަށް ބަލާފައި ކަމަށެވެ.

އެންޕީއެޗް ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ އަކުއާ ވީޓާ ރެސިޑެންސީ އެޕާޓްމަންޓްގެ ޑިޒައިން. -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެންޕީއެޗް ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ އަކުއާ ވީޓާ ރެސިޑެންސީ އެޕާޓްމަންޓްގެ ޑިޒައިން. -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އަކުއާ ވީޓާ ރެސިޑެންސީގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 2020 އަށެވެ. ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހުންނަ އިރު އިމާރާތުގެ ހުސް މިނަކީ 14 ބުރި އެވެ.

ދެ ބެޑްރޫމް އާއި ތިން ބެޑްރޫމްގެ އެޕާޓްންޓްތަކުގެ ފެށޭ އަގު އުޅެނީ 3.1 މިލިއަން ރުފިޔާގަ އެވެ. އެޕާޓްމަންޓް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ތަނުގައި ސުވިމިން ޕޫލާއި، އެންމެ ޒަމާނީ ޖިމްއަކާއި ކްލަބް ހައުސްއެއްގެ އިތުރުން، ޕާޓީ ހޯލެއް ވެސް ހިމެނެ އެވެ.

އެންޕީއެޗުން ހުޅުމާލޭގައި ތަރައްގީކުރާ އަކުއާ ވިސްޓާ އެޕާޓްމަންޓްގެ ޑިޒައިން. -- ފޮޓޯ: ހުސެން ވަހީދް.

އެންޕީއެޗުން ހުޅުމާލޭގައި ތަރައްގީކުރާ އަކުއާ ވިސްޓާ އެޕާޓްމަންޓްގެ ޑިޒައިން. -- ފޮޓޯ: ހުސެން ވަހީދް.