އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން މިރޭ ފަށައިފި އެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން މިރޭ ފަށައިފި އެވެ.
"ރީތިގަސް" ފްލެޓުތައް ލިބުނު އެޗްޑީސީގެ މުވައްޒަފުންނާ ފްލެޓު ތަޅުދަނޑި ހަވާލު ކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ.
ރީތިގަސް މަގުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބައެއް މުވައްޒަފުންނާ އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކޮށްގެން 2017 ގައި ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ވަނީ ހަދާފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެއީ "ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް" ހަދާފައިވާ ތަންތަން ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް ހާއސަ ކޮށްގެން އިމާރާތްކުރި ޓަވަރެއް މިރޭ ދިއްލާފައި: އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނި.---ފޮޓޯ: އެޗްޑީސީ
މިރޭ ހަވާލުކުރަން ފެށީ އެޗްޑީސީން ބުނި ގޮތުގައި، ޓަވަރު A އާއި ޓަވަރު B ގައި ހަދާފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު 25 ވަނަ ދުވަހަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ވެސް ބުންޏެވެ.
ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.
ކުލި ނުދައްކާ ނަމަ ލޯނު ލިބުން ދަތިވާގޮތް ހަދައިފި
4،000 ފްލެޓުގެ އެއްބަސްވުން ހަދަނީ 25 އަހަރަށް
ކުލި ނުދައްކާ ފްލެޓްތަކަށް ނޯޓިސް ފޮނުވަން ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި