14 ނޮވެމްބަރ 2018
ނިއު ޔޯކް (ނޮވެމްބަރު 14) - މެކްސިކޯގެ ނުރައްކާތެރި ކުށްވެރިޔާ ޖޯގުއިން "އެލް ޗަޕޯ" ގުޒްމަންގެ ޝަރީއަތް ނިއު ޔޯކުގައި މިއަދު ފަށައިފި އެވެ.
ނިއު ޔޯކް (ނޮވެމްބަރު 14) - މެކްސިކޯގެ ނުރައްކާތެރި ކުށްވެރިޔާ ޖޯގުއިން "އެލް ޗަޕޯ" ގުޒްމަންގެ ޝަރީއަތް ނިއު ޔޯކުގައި މިއަދު ފަށައިފި އެވެ.
އެލް ޗަޕޯގެ ވަކީލް ބުނީ ހުރިހާ ނުބައެއްގެ ބޮލު އަޅަން ޖެހިފައި ވަނީ އަލް ޗަޕޯ ކަމަށް ވިޔަސް ހަގީގީ ކުށްވެރިއަކީ އޭނާ ނޫން ކަމަށެވެ. އަދި ސައިނަލޮއާ ކާޓެލްގެ ހަގީގީ ލީޑަރަކީ އިސްމާއިލް "އަލް މަޔޯ" ޒަމްބަޑާ ނަމަކަށް ކިޔާ މީހެއް ކަމަށް ބުންޏެވެ. އަދި އޭނާ މެކްސިކޯގައި ވަރަށް މިނިވަންކަމާ އެކު އުޅޭ ކަމަށާއި މެކްސިކޯގެ ސިޔާސީ އިސް މީހުން ދަނީ އޭނާގެ އަތުން ރިޝްވަތު ނަގަމުން ކަމަށް ބުންޏެވެ. ނަމަވެސް މެކްސިކޯގެ ރައީސް އެންރީކް ޕީނާ ނިއެޓޯ އާއި ކުރީގެ ރައީސް ފިލިޕެ ކަލްޑެރޮން ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެ ބަޔާން ނެރެފަ އެވެ.
ގުޒްމަން، 61، ގެ މައްޗަށް 17 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މުޅި އުމުރަށް ޖަލުގައި އޮންނަން ޖެހޭނެ އެވެ. ސަލަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ފެށި ޝަރީއަތް ހަތަރު މަހަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
ޖަލުން ފިލައިގެން އުޅެނިކޮށް ގުޒްމަން އަތުލައިގަތީ ޖެނުއަރީ 2016 ގަ އެވެ. މެކްސިކޯގައި އޭނާ ބަންދުކޮށްފައި ހުރި ޖަލުން ފިލީ ބިމުއަޑިން މަގެއް ކޮނެގެންނެވެ. އަތުލައިގަތީ ފިލައިގެން އުޅޭތާ ފަސް މަސް ފަހުންނެވެ. އޭގެ ފަހުން އޭނާ ވަނީ މިދިޔަ އަހަރު އެމެރިކާއާ ހަވާލުކޮށްފަ އެވެ. ގުޒްމަންގެ ސައިނަލޮއާ ކާޓެލް އަކީ އެމެރިކާ އަށް އެންމެ ގިނައިން ޑަރްގު ސަޕްލައި ކުރާ ގްރޫޕެވެ.
އެލް ޗަޕޯގެ އަންހެނުން ތިން އަހަރަށް ޖަލަށް
އަލްޗަޕޯގެ އަންހެނުން ހައްޔަރުކޮށްފި
ޑްރަގު ޑީލަރު އަލް ޗަޕޯގެ މައްޗަށް ކުށް ސާބިތުވެއްޖެ
މެކްސިކޯގެ ކުރީގެ ރައީސްއަށް 100 މިލިއަންގެ ރިޝްވަތު
ގުޒްމަންގެ ދަރި މެކްސިކޯ އިން ވަގަށް ނަގައިފި
އެލް ޗަޕޯ އެމެރިކާއަށް ފޮނުވާލުމަށް ފަނޑިޔާރުގެ ހުރަސް
މިސް ޔުނިވާސްގައި ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފި
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވެއްޖެ
މެކްސިކޯގައި ފުރަތަމަ ފަހަރަށް އަންހެން ރައީސެއް
ޑްރަގް ކާޓެލްގެ ވެރިޔާ ހައްޔަރުވި ގޮތް ކިޔައިދީފި