Roadha Mihaaru
ފްލެޓްގެ ލިޔުން ނުލިބިގެން މުޒާހަރާ ކުރަނީ!

ފްލެޓްގެ ލިޔުން ނުލިބިގެން މުޒާހަރާ ކުރަނީ!

17 ނޮވެމްބަރ 2018

ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން، ހައުސިން މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން، ހައުސިން މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި 7،000 ފްލެޓް ކެޓަގަރީގައި ހިމެނި ފްލެޓް ލިބުނު ގިނަ ބަޔަކަށް މިހާރު ވަނީ ލިޔުން ދޫކޮށްފަ އެވެ. ރެއިން ފެށިގެން ހައުސިން މިނިސްޓްރީ ކައިރީގައި ކިޔޫ ޖެހިގެން ތިބީ ލިޔުން ނުލިބޭ މީހުންނެވެ.

އެ މިނިސްޓްރީ ދޮށުގައި، ތިން ކިޔޫއެއްގައި އަދިވެސް މީހުން އެބަތިއްބެވެ. ރޭ ދަންވަރާ ހަމައަށް ލިއުން ދޫކުރި ނަމަވެސް ހެނދުނުން ފެށިގެން ލިއުން ދުލެއް ނުކުރެ އެވެ.

ފްލެޓު ލިޔުން ހޯދަން ހައުސިން މިނިސްޓްރީ ދޮށުގައި ކިއު ހަދާލާފައިި.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފްލެޓު ލިޔުން ހޯދަން ހައުސިން މިނިސްޓްރީ ދޮށުގައި ކިއު ހަދާލާފައިި.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފްލެޓު ލިޔުން ހޯދަން ކިޔޫގައި ހުރި މީހަކު ބުނީ އެ މިނިސްޓްރީ އަށް ވަނަނުދިނުމަށް ފުލުހުން ތިބީ ގޭޓާ ދިމާލުން އެތެރެ ބަންދުކޮށްގެން ކަމަށެވެ. އެހެންވެ އެއްވެސް މީހަކަށް މިިނިސްޓްރީގެ އެތެރެއަށް ނުވަދެވޭ ކަމަށް އޭނާ ބުންޏެވެ.

"މުޅި ސަރަހައްދު ފުރިބާރުވެފައި އޮތީ. ވާނުވާއެއް ނޭނގި. ކިއޫގައި ވެސް އެތައް އިރެއް ވީއިރު ވެސް ނުލިބުނު ލިޔުމެއް،" ފްލެޓް ލިޔުން ހޯދަން ގޮސް ހުރި އެ މީހާ ބުންޏެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދޫކުރި 7،000 ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލު ކުރުމުގެ މަސައްކަތް ރޭ 12 ޖަހަންދެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ނިންމި އެވެ. ނަމަވެސް އެކަން ނުނިމެއްޖެ ނަމަ މެންދުރު 12:00 އާ ހަމައަށް ހުއްޓާނުލާ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ. އެކަމަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ވަނީ ލިބިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓު ލިޔުން ހޯދަން ހައުސިން މިނިސްޓްރީ ދޮށުގައި ކިއު ހަދާލާފައިި.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފްލެޓު ލިޔުން ހޯދަން ހައުސިން މިނިސްޓްރީ ދޮށުގައި ކިއު ހަދާލާފައިި.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަމަވެސް އެ މަަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ސާފެއް ނުވެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސްކަމުގެ ހުވާ މިއަދު ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކުރިން ވަނީ ފްލެޓަށް އަދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.