Roadha Mihaaru
"ސްނައިޕަރާ" ލަންކާ ސަރުކާރުން ބަައްދަލުކޮށްފި

ހައްޔަރުކޮށްފައިވާ "ސްނައިޕަރާ" ލަންކާ ސަރުކާރުން ބައްދަލުކޮށްފި

19 ނޮވެމްބަރ 2018

ބަޑިޖަހައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމުގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީ ލަންކާގެ ސްނައިޕަރު ލަހިރު މަޑިޝަންކަރްއާ، ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރައްވައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ބަޑިޖަހައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމުގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީ ލަންކާގެ ސްނައިޕަރު ލަހިރު މަޑިޝަންކަރްއާ، ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ފައިޒަރް، މަޑިޝަންކަރާ ބައްދަލު ކުރައްވާފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ބޭއްވީ މަޑިޝަންކަރު ހައްޔަރުކޮށްފައި ހުރި މާފުށީ ޖަލުގަ އެވެ.

ޖަލުގައި މަޑިޝަންކަރަށް އަނިޔާ ކުރާ ކަމަށް ބުނެ، މި ފަހުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބަޔާނެއް ނެރަފަ އެވެ. އަދި މަޑިޝަންކަރުގެ ކުށެއް ނެތް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އާއިލާގެ ފަރާތުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ދައުލަތުން ވަނީ މަޑިޝަންކަރުގެ މައްޗަށް ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ ދައުވާ އަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ރައީސް އަވަހާރަކޮށްލުމުގެ ބޭނުމުގައި މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދައުވާ އަށް އަދީބު ވެސް ވަނީ އިންކާރު ކުރައްވައިފަ އެވެ.

މަޑިޝަންކަރު މައްސަލައިގައި މ. ލިލީ ޕާކް، ފަޒީލް ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

ދައުވާގައިވާ ގޮތުން އެކަން ރޭވީ އަދީބާއި ފަޒީލާއި އިތުރު ބައެކެވެ. މަޑިޝަންކަރުގެ ދައުރަކީ އެކަމަށް އެއްބަސްވެ، ރާއްޖެ އައުމެވެ. އަދި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރުން ކަމަށް ދައުވާގައިވެ އެވެ.