Roadha Mihaaru
އާރައީސްގެ ފުރަތަމަ ތަސްދީގު: އަބުރުގެ ގާނޫނު އުވާލުން

އާ ރައީސްގެ ފުރަތަމަ ތަސްދީގު: އަބުރުގެ ގާނޫނު އުވާލުން

22 ނޮވެމްބަރ 2018

ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާ އަބުރު ގާނޫނު އުވާލުމަށް މަޖިލީހުން ނިންމި ބިލް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާ އަބުރު ގާނޫނު އުވާލުމަށް މަޖިލީހުން ނިންމި ބިލް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ގާނޫނު އުވާލުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. ޔާމީންގެ ސަރުކާރުގައި އެގޮތަށް މަޖިލީހުން ފާސްކުރި ނަމަވެސް އެ ސަރުކާރުން އެ ބިލް ތަސްދީގު ކޮށްފައެއް ނުވެ އެވެ.

ރައީސް މިއަދު އެ ބިލް އުވާލަން ތަސްދީގު ކުރެއްވިއިރު މިއީ އެ މަނިކުފާނުގެ ވެރިކަމުގައި ތަސްދީގު ކުރެއްވި ފުރަތަމަ ބިލަށެވެ. އެ ގާނޫނު އުވާލެއްވުމަކީ އެމަނިކުފާންގެ ރިޔާސީ ވައުދެކެވެ. ރައީސް ތަސްދީގު ކުރެއްވުމާ އެކު އަބުރުގެ ގާނޫނު މިހާރު ވަނީ އުވިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

އެ ގާނޫނު އުވާލުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ އޭރުގެ މެންބަރު އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ބައެއް މީޑިއާތަކުން ސިފަކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

އަބުރު ގާނޫނުން މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ރާއްޖެ ޓީވީ ފަސް ފަހަރަށް ޖޫރިމަނާކުރި އެވެ. މިހާތަނަށް އެ ތަނުން ދެއްކި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާ އަށް އަރަ އެވެ. މީޑިއާތަކުން ދެކޮޅުހަދަމުން ދަނިކޮށް، އަދި ބިލް ރަނގަޅުކުރަން ގިނަ ހިޔާލުތަކެއް ދީފައި ވަނިކޮށް، އެއިން އެއްވެސް ކަމަކާ މެދު ވިސްނުމެއް އަދި ބަދަލު ކުރުމެއް ވެސް ނެތި، ރައީސް ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގަ އެވެ.