ދޯހާ (ނޮވެމްބަރު 23) – ބާސެލޯނާގައި ޕެޕް ގާޑިއޯލާ ހޯދި ކާމިޔާބީތައް މެންޗެސްޓާ ސިޓީގައި އޭނާ އާށް ތަކުރާރުކުރެވިދާނެ ކަމަށް އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަށް ކުޅުނު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
23 ނޮވެމްބަރ 2018
ދޯހާ (ނޮވެމްބަރު 23) – ބާސެލޯނާގައި ޕެޕް ގާޑިއޯލާ ހޯދި ކާމިޔާބީތައް މެންޗެސްޓާ ސިޓީގައި އޭނާ އާށް ތަކުރާރުކުރެވިދާނެ ކަމަށް އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަށް ކުޅުނު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ބާސެލޯނާ އަށް ކޯޗުކޮށްދިން ހަތަރު އަހަރު ގާޑިއޯލާ ވަނީ 11 ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބުކުރުމާއި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ.
މެންޗެސްޓާ ސިޓީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ތަށްޓެއް ނުހޯދުނު ނަމަވެސް ގާޑިއޯލާ ވަނީ ދެ ވަނަ ސީޒަނުގައި ޕްރިމިއާ ލީގާއި އީއެފްއެލް ކަޕް ކާމިޔާބުކޮށްފަ އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ވެސް އެ ޓީމެވެ.
"މެންޗެސްޓާ ސިޓީގައި ގާޑިއޯލާ ކުރިއެރުން ހޯދާނީ. މީހުން ތިބީ ވަރަށް ހިތްހަމަޖެހިފައި އޭނާ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ހޯދި ގޮތާ މެދު. އަދި އިތުރަށް ހުރީ. އޭނާ އަބަދުވެސް ބަލާނީ ރަނގަޅު ކުރެވޭނީ ކޮން ގޮތަކަށްތޯ. އަބަދުވެސް ބަލާނީ ޓީމު މޮޅުކުރެވޭނީ ކިހިނެއްތޯ. ދެން އޮތް ޓާގެޓަކީ ޗެމްޕިއަންސް ލީގު. ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމުން އެކަން ވެސް ކުރާނެ ކަމަށް އަހަރެން ދެކެނީ،" ޒަވީ ބުންޏެވެ.
ޒަވީ ބުނީ ބާސެލޯނާގައި ގާޑިއޯލާ ބިނާކުރި ކުރުން އަކީ ފުޓްބޯޅައިގެ ތާރީހުގައި އަބަދުވެސް މީހުން ހަނދާންކުރާނެ ކަމަށާއި އެކަން މެންޗެސްޓާ ގައި ވެސް ކުރެވޭނެ ކަމަށެވެ.
"ފުޓްބޯޅައިގައި ހަމައެކަނި އޮންނަނީ ހާސިލްކުރި އެއްޗެއް ނޫން. އެކަމެއް ހާސިލްކުރި ގޮތް. މެންޗެސްޓާ ސިޓީން އަންނަނީ މޮޅު ފުޓްބޯޅައެއް ކުޅެމުން. އަހަންނަށް ޔަގީންކަން ދެވިދާނެ އެ ޓީމުގެ ކުޅުންތެރިން މެޗެކޭ އެއްގޮތަށް ޕްރެކްޓިސްތަކުގައި ވެސް ތިބޭނީ އެހާ ހިތްހަމަޖެހިފައިކަން،" ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ބުންޏެވެ.
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
ބެނާޑޯ ސިލްވާ ބާސާ އަށް ޝައުގުވެރިވޭ: ގާޑިއޯލާ
ބާސެލޯނާ އިން ދެން ނުފެންނާނެ ކަމަށް ގާޑިއޯލާ ބުނެފި
ގާޑިއޯލާގެ ބަހުގެ ހަމަލާއެއް ބާސެލޯނާގެ ރައީސަށް
ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރަން
ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން
"ބާސެލޯނާ ބަލިކުރުމަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް"
މެސީގެ ހެޓްރިކާ އެކު ސިޓީ ބަލިކޮށްފި
ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު: އެންރީކޭ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ