މެންޗެސްޓާ (ފެބްރުއަރީ 8) - އެދޭ ގޮތަކީ ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށް، އޭނާ އަށް ކުރިން ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
08 ފެބުރުއަރީ 2020
މެންޗެސްޓާ (ފެބްރުއަރީ 8) - އެދޭ ގޮތަކީ ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށް، އޭނާ އަށް ކުރިން ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް އާއި މެސީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާއިރު، މި ސީޒަން ނިމުމުން މެސީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކޮށްފާނެ ކަމުގެ އަޑުތައް މީޑިއާގައި ވަނީ ގަދަވެފަ އެވެ. މެސީ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ އެއް ކްލަބަކީ ސިޓީ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރާށެވެ.
"އޭނަ (މެސީ) ބާސެލޯނާގައި މަޑުކުރާނެ. އެއީ އަހަރެން ބޭނުންވާ ގޮތް. ކުރިން ވެސް ބުނިހެން އަހަރެން ބޭނުމެއް ނޫން އެހެން ކްލަބްތަކުގެ ކުޅުންތެރިންނާ ބެހޭ ވާހަކަ ދައްކާކަށް. އެކަމަކު މެސީއާ ބެހޭގޮތުން އެއްޗެއް ބުނާނަމަ އަހަރެންގެ ނަޒަރުގައި އޭނާ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ހުރެ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ 2008 އިން 2012 އަށް ބާސެލޯނާ އަށް ކޯޗުކޮށްދިންއިރު އެ ޓީމާ އެކު އޭނާ ވަނީ 14 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ. އުމުރުން 32 އަހަރުގެ މެސީ ވަނީ ގާޑިއޯލާގެ ކޯޗުކަމުގައި ގިނަ އިންޑިވިޖުއަލް ކާމިޔާބީތައް ވެސް ހޯދައިފަ އެވެ. ކޯޗިން ކެރިއަރުގައި އަދި އެއް ފަހަރު މެސީއާ އެކު މަސައްކަތްކޮށްލުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށް މީގެ ކުރިން ގާޑިއޯލާ ވަނީ ބުނެފަ އެވެ.
މެސީ އެންމެ ފަހުން ބާސެލޯނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވާނީ 2021 ގަ އެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް މި ސީޒަން ނިމުމުން އެހެން ކްލަބަކަށް ބަދަލުމުގެ ފުރުސަތު ލިބެ އެވެ. އެއްބަސްވުމުގެ މި މާއްދާގެ ބޭނުންހިފައި އެކި ކްލަބްތަކުން އަންނަނީ މެސީ ގެނެވޭތޯ މަސައްކަތްކުރަމުންނެވެ. ސިޓީ އަކީ މެސީ ގެންނަން އެންމެ ބޮޑަށް މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާ ކްލަބެވެ.
ސިޓީގެ ޑިރެކްޓާ އޮފް ފުޓްބޯލް އަދި ބާސެލޯނާގެ ކުރީގެ ޑިރެކްޓަރު ޓިކްސީ ބެގިރިސްޓެއިން ގާތުގައި މެސީ ލިބޭނެ ގޮތެއް އޮތްތޯ ކޮންމެ ޓްރާންސްފާ މާކެޓެއްގައި އޮޅުންފިލުވާ ކަމަށް ދާދި ފަހުން ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވަނީ ވިދާޅުވެފަ އެވެ.
ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން
މެސީގެ ހެޓްރިކާ އެކު ސިޓީ ބަލިކޮށްފި
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
ބެނާޑޯ ސިލްވާ ބާސާ އަށް ޝައުގުވެރިވޭ: ގާޑިއޯލާ
މެސީއާ މެދު ސިޓީން ދެ ވަނަ ވިސްނުމަކަށް
ބާސެލޯނާ އިން ދެން ނުފެންނާނެ ކަމަށް ގާޑިއޯލާ ބުނެފި
"ސިޓީ އަށް އަންނަން ބޭނުމިއްޔާ އެނގޭނީ މެސީ އަށް"
އިންޓަ ފަހަތަށް ޖެހިއްޖެ، މެސީ ސިޓީ އަށް؟
ގާޑިއޯލާގެ ބަހުގެ ހަމަލާއެއް ބާސެލޯނާގެ ރައީސަށް
ބާސާގެ ކާމިޔާބީ ސިޓީގައި ގާޑިއޯލާ ތަކުރާރުކުރާނެ: ޒަވީ