Roadha Mihaaru
"ވިޝްކާ" ގެ ޝޯއެއް ހުޅުމާލެ ޝްވެކަށް

"ވިޝްކާ" ގެ ޝޯއެއް އަންނަ މަހު ހުޅުމާލޭގެ ޝްވެކް ސިނަމާ އަށް

28 ނޮވެމްބަރ 2018

މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އައިޝަތު ރިޝްމީ ހޯދި ފިލްމު "ވިޝްކާ" ގެ ޝޯއެއް އަންނަ މަހު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އައިޝަތު ރިޝްމީ ހޯދި ފިލްމު "ވިޝްކާ" ގެ ޝޯއެއް އަންނަ މަހު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ޔާރާ ޕްރޮޑަކްޝަނުން ގެނެސް ދިން މި ފިލްމުގެ އެންމެ ޝޯއެއް ހުޅުމާލޭގެ ޝްވެކް ސިނަމާގައި އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދައްކަން ނިންމާފައިވާ އިރު، މިއަދުން ފެށިގެން އެ ޝޯގެ ޓިކެޓް ޝްވެކް ސިނަމާ އިން ވިއްކާނެ އެވެ. ޓިކެޓްގެ އަގަކީ 100ރ. އެވެ.

"ވިޝްކާ" ގެ ޕްރޮޑިއުސަރު އަދި ބަތަލާ ރިޝްމީ ބުނީ ފިލްމުގެ ޝޯއެއް ދައްކަން ނިންމީ ސާކް ފިލްމު ފެސްޓިވަލްގައި ފިލްމު ހޯދި ކާމިޔާބީ ފާހަގަކުރުމުގެ އިތުރަށް، ވަރަށް ގިނަ ބަޔަކު ފިލްމު ބަލަން ބޭނުންވެގެން އެދެމުންދާތީ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ އަހަރުގެ މާޗް 8 އިން ފެށިގެން މާލޭގެ ޝްވެކްގައި ދެއްކި "ވިޝްކާ" އާއި ހުޅުމާލޭގައި ދައްކާ "ވިޝްކާ" އާ ކޮންމެވެސް ވަރެއްގެ ތަފާތު ކަމެއް ހުންނާނެ އެވެ.

"ހުޅުމާލޭގައި އަހަރެމެން މި ދައްކަނީ ސާކް ފެސްޓިވަލްގައި ދެއްކި ކޮޕީ. އެހެންވީމާ ހުންނާނެ ކޮންމެވެސް ވަރެއްގެ ތަފާތު ކަމެއް،" ރިޝްމީ ބުންޏެވެ.

"ވިޝްކާ" ގައި ލީޑް ރޯލް ކުޅެފައި ވަނީ މިހާރު ލޯބީގެ ގޮތުން އަލުން ގުޅިގެން އުޅޭ ރިޝްމީ އާއި ރަވީ ފާރޫގެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލެއް އަހުމަދު ސައީދު ވެސް ކުޅެފައިވެ އެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި "ވިޝްކާ" ޑައިރެކްޓްކޮށްފައި ވަނީ ރަވީ އެވެ. މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެކެވެ.

SAARC ge emme molhu bathalaage magaam Rishmy ah

SAARC ge emme molhu bathalaage magaam Rishmy ah

The most trusted news source in the Maldives

Mihaaru

"ވިޝްކާ" އިން ރިޝްމީ އަށް ސާކްގެ މޮޅު ބަތަލާ އެވޯޑް ލިބިފައިވޭ.