މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ކެމްޕެއިން ފައްޓަވައިފި އެވެ.
28 ނޮވެމްބަރ 2018
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ކެމްޕެއިން ފައްޓަވައިފި އެވެ.
ކުޅިވަރުގެ އެންމެ ބޮޑު އެއް އިދާރާ ހިންގެވުމުގައި ތިން ވަނަ ދައުރު ފުރުއްވަމުން ގެންދަވާ މަރޭ ވިދާޅުވީ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވީ އެ ދާއިރާގެ ހާލަތު ބަދަލުކުރައްވަން ބޭނުންވާތީ ކަމަށެވެ. އެހެންވެ، ދާއިރާގެ ރައްޔިތުން އޭނާއަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
"މަރޭ ނަގާހަށް" ނަމުގައި ދާދި ފަހުން މަރޭ ވަނީ ކެމްޕެއިނެއް ވެސް ލޯންޗުކޮށްފަ އެވެ.
ފޭދު އަށް އުފަން މަރޭ ވިދާޅުވި ގޮތުގައި ގޮނޑި ހޯއްދަވަން މަސައްކަތް ފެއްޓެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ބޭނުންވާތީ އެވެ. އަދި އެންމެ ބޮޑު އަމާޒަކަށް ވާނީ ފޭދޫ މީހުން ބޭނުންވާ އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިވަރުގެ ދާއިރާ އިން ގައުމަށް ހިދުމަތް ކުރެއްވުމުގެ ބަދަލުގައި ދެން ބޭނުންވަނީ މަޖިލީހުގެ ތެރެއިން އެ ހިދުމަތް ކުރިޔަށް ގެންދަވަން ކަމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވެ މަރުޒޫގު ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތަކީ އެތުލީޓުން ތަމްރީންކުރުމުގެ ޕްރޮގްރާމެވެ.
ރާއްޖެ އަށް 2015 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ.
އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި އެވެ.
ކުރީގެ މަޝްހޫރު ރެފްރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގު ވަނީ ފުޓްބޯޅަ ކެރިއަރުގައި ޒުވާން ގައުމީ ޓީމުތަކަށާއި ވެލެންސިއާ އަދި އައިއެފްސީއަށް ކުޅެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލައިލުމެއް
އަފީފް: އަޅުގަނޑު ކުރިމަތީ އޮންނާނީ ގާނޫނާއި ގަވާއިދު
އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި ސިޔާމް
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
މަޖިލިސް އިންތިޚާބު ވަރަށް ބޭއިންސާފު: ފަލާހް
ހޮވޭ ޕާޓީން ވަކި ނުވެވޭ ގޮތް ހަދަން ޖެހޭ: ނަޝީދު
ކޯލިޝަން ސަރުކާރު ދެމިއޮންނާނެ: ރައީސް
އާ މަޖިލީހުގެ ހުވާކުރުން އަންނަ މަހު ފަހުކޮޅު
12 މެމްބަރުންގެ ތެރެއިން ގޮނޑި ލިބުނީ ސައުދަށް
ވަކިވައްތަރެއްގެ ބަޔަކު މަޖިލިހަށް ގެންނަންއުޅޭ: ޖަމީލް