Roadha Mihaaru
އިޓާލިއަން ސުޕަ ކަޕް މެޗު ސައުދީގައި

އިޓާލިއަން ސުޕަ ކަޕް މެޗު ސައުދީގައި

06 ޑިސެމްބަރ 2018

ރޯމް (ޑިސެމްބަރު 6) – އިޓާލިއާން ސުޕަ ކަޕް މެޗުގައި ޔުވެންޓަސް އާއި އޭސީ މިލާން ވާދަކުރާ މެޗު ސައުދީ އަރަބިއާގެ ޖިއްދާގައި ޑިސެމްބަރު 16 ވަނަ ދުވަހު ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޯމް (ޑިސެމްބަރު 6) – އިޓާލިއާން ސުޕަ ކަޕް މެޗުގައި ޔުވެންޓަސް އާއި އޭސީ މިލާން ވާދަކުރާ މެޗު ސައުދީ އަރަބިއާގެ ޖިއްދާގައި ޑިސެމްބަރު 16 ވަނަ ދުވަހު ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

މި މެޗު ސައުދީގައި ކުޅުމާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތެދުވި އެވެ. ސައުދީގައި އިންސާނީ ހައްގުތައް ކަށަވަރުނުވާ ކަމަށް ބުނެ މިކަމާ ދެކޮޅަށް މަސައްކަތްކުރި ޖަމިއްޔާތަކުގެ ތެރޭގައި އެމެނެސްޓީ އިންޓަނޭޝަނަލް ހިމެނެ އެވެ.

އެކަމަކު އިޓާލިއަން ލީގުން ވަނީ މެޗު ކުޅޭނެކަން އިއްޔެ ކަށަވަރުކޮށްދީފަ އެވެ. މެޗު އޮންނާނީ ޖިއްދާގައި ހުންނަ 62،345 މީހުންގެ ޖާގައިގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގަ އެވެ.

މި މެޗުގައި ޔުވެންޓަސް ވާދަކުރަނީ އިޓަލީ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. އިޓާލިއަން ކަޕުގެ ޗެމްޕިއަން ޓީމަށް ދެ ވަނަ ޖާގަ ލިބޭއިރު އެ ތަށި ވެސް ޔުވެންޓަސް ހޯދާފައިވުމުން ދެ ވަނަ ޖާގަ މިލާނަށް ލިބުނީ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.

މި މެޗު އިޓަލީން ބޭރުގައި އެންމެ ފުރަތަމަ ކުޅުނީ 1993 ވަނަ އަހަރު އެމެރިކާގެ ވޮޝިންޓަނުގަ އެވެ. މީގެ އިތުރުން ލީބިއާގެ ޓްރިޕޮލީ އާއި ޗައިނާގެ ބެއިޖިން އަދި ގަތަރުގެ ދޯހާގައި ވެސް ވަނީ ކުޅެފަ އެވެ. އާއްމުކޮށް ކުޅެނީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގަ އެވެ.