އިޓާލިަން ލީގުގައި ރޭ އޭސީ މިލާނާ 1-1 އިން އިންޓަ މިލާން އެއްވަރުވުމުގެ ފައިދާ ނަޕޯލީ އަށް ނެގޭ ގޮތެއް ނުވި އެވެ. ރޭ ރޯމާ އަތުން ނަޕޯލީ މޮޅުވި ނަމަ އެ ޓީމަށް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ.
އިޓާލިަން ލީގުގައި ރޭ އޭސީ މިލާނާ 1-1 އިން އިންޓަ މިލާން އެއްވަރުވުމުގެ ފައިދާ ނަޕޯލީ އަށް ނެގޭ ގޮތެއް ނުވި އެވެ. ރޭ ރޯމާ އަތުން ނަޕޯލީ މޮޅުވި ނަމަ އެ ޓީމަށް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ.
އެކަމަކު ނަޕޯލީގެ ލެއޮނާޑޯ ސްޕިނަޒޯލާ ލަނޑެއް ޖަހާފައި އޮއްވާ ރޯމާގެ އެންޖެލީނޯ އިތުރު ވަގުތު ޖެހި ލަނޑާ އެކު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ނަޕޯލީ އެއް ވަނައިގައި މިހާރު އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު 54 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެވެ. އިންޓަ އަށް އިތުރު މެޗެއް އޮތުމުން އެ ޓީމަށް ނަޕޯލީއާ އެއްވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.
ރޭ މިލާނާ 1-1 އިން އިންޓަ އެއްވަރުކުރީ ވެސް ފަހު ވަގުތު އެވެ. މިލާނުން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޓިޖާނީ ރެއިންޑާސް ޖެހި ގޯލުންނެވެ. އިންޓަ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ސްޓެފަން ޑި ވްރައި ޖެހި ގޯލުންނެވެ.
މި މެޗުގެ ދެ ވަނަ ހާފުގައި އިންޓަ އިން ވަރަށް ބޮޑަށް އެޓޭކްކޮށް ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ހޯދި އެވެ. އެ ޓީމުގެ ތިން ހަމަލައެއް ގޯލު ދަނޑިއަށް ވެސް އަމާޒުވި އެވެ.
އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ މި މެޗުން މޮޅުނުވެވުނީ ނަސީބު ދެރަކަމުން ކަމަށާއި ކުޅުންތެރިން ބަރާބަރަށް ޒިންމާއަދާކުރި ކަމަށެވެ. އިންޒާގީ ވަނީ ދެ ވަނަ ހާފުގައި އެ ޓީމުގެ ފޯވާޑް މާކަސް ތުރާމް އަށް މިލާނުގެ ޑިފެންޑަރު ސްޓްރަނިހާ ޕަވްލޮވިޗް ކުރި ފައުލަށް ޕެނަލްޓީއެއް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.
"އަހަންނަށް ގަބޫލުކުރެވޭ ރެފްރީއަށް ނުފެނިދާނެ. އެކަމަކު ވީޑިއޯ އިން ބަލަން ތިބި އޮފިޝަލުންނަށް އެކަން އެނގެން ޖެހޭ،" އޭނާ ބުންޏެވެ.
ފަހު ވަގުތު އެއްވަރުވި ނަމަވެސް ޖުމްލަކޮށް މި މެޗަކީ މިލާނަށް ކާމިޔާބެކެވެ. އެއީ އެ ޓީމު އޮތް ހާލަތަށް ބަލާއިރު މި ނަތީޖާ އިން ބޮޑު ހިތްވަރެއް ލިބޭނެތީވެ އެވެ. މިލާން އޮތީ 35 ޕޮއިންޓާ އެކު 8 ވަނައިގަ އެވެ. އެ ޓީމުން މަސައްކަތްކުރަނީ ގަދަ ހަތަރަކަށް ވަނުމަށެވެ.
ސީޒަނުގައި މީގެ ކުރިން ކުޅުނު ދެ ޑާބީ ވެސް ކާމިޔާބުކުރީ މިލާނެވެ. ސެޕްޓެމްބަރު މަހު ލީގުގައި ކުޅެ 2-1 އިން މިލާން މޮޅުވިއިރު މިދިޔަ މަހު ސުޕަ ކަޕް ފައިނަލުގައި މޮޅުވީ ފަހަތުން އަރައި 3-2 އިންނެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އެއް ވަނައިގައި އޮވެ މިލާން ފިނި މޫސުމުގެ ޗުއްޓީ އަށް
ޔުވެންޓަސް، އިންޓަ އަދި މިލާން އެއްވަރު
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާނުން އިންޓަ ބަލިކޮށްފި
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ފަހަތުން އަރައި މިލާން ބަލިކޮށް އިންޓަ އެއް ވަނަ އަށް
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
އެޓަލާންޓާ ޗެމްޕިއަންސް ލީގާ ގާތަށް